ސީ ސްޕޯޓްގެ އެމްބެސެޑަރުންގެ ގޮތުގައި 7 ފަރާތެއް ހަމަޖައްސައިފި

15 އޯގަސްޓް 2022 - 12:01

ސީ ސްޕޯޓްގެ އެމްބެސެޑަރުންގެ ގޮތުގައި 7 ފަރާތެއް ހަމަޖައްސައިފިއެވެ. ސީ ސްޕޯޓްސް ހިންގަނީ ސީގަލް ގްރޫޕް ޕަރައިވެޓް ލިމިޑެޓްގެ ފަރާތުންނެވެ. މި އެމްބެސެޑަރުން ސީ ސްޕޯޓްސްއާއި އެ ބްރޭންޑް ތަމްސީލްކުރާނެއެވެ.

ސީ ސްޕޯޓްސްގެ އެމްބެސެޑަރުންގެ ގޮތުގައި މިހާރުވެސް ސަރފިން އެންޑް ބޮޑީބޯޑިންގ ޗެންޕިއަނުން އަންނަނަނީ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި އަލީ ކުޝްރުވާން، އަލީ ޖާވިދު، އިސްމާއިލް މިގްލާލް، އަޙްމަދު އާގިލް އަދި ހުސައިން އަރީފް ހިމެނެއެވެ. މީގެއިތުރުން ސަރފް ކުރުމަށް ޝައުގުވެރިވާ ވަރަށް ޒުވާން 2 ކުއްޖަކުވެސް ވަނީ މުޅިން އަލަށް އެމްބެސެޑަރުންނަށް ހަމަޖައްސާފައެވެ.

advertisement
ސީ ސްޕޯޓްސްގެ އެމްބެސެޑަރުން

މުޅިން އަލަށް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކ. ގުރައިދޫ އުމުރުން 13 އަހަރުގެ މުހައްމަދު އިނާން އަބްދުލް ހަންނާންއާއި، މާލެ އުމުރުން 11 އަހަރުގެ ޔާސިން އަހްމަދު ނާޝިދުއެވެ. ސީ ސްޕޯޓްސްއިން ބުނީ މި ޒުވާން 2 ކުދިން އެމްބެސެޑަރުންނަށް ހަމަޖެއްސުމުގެ އެންމެ މުހިންމު ބޭނުމަކީ އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދިނުންކަމަށެވެ.

ސީ ސްޕޯޓްސްގެ އެމްބެސެޑަރުން

ރާއްޖޭގައި ރާޅާއެޅުމާއި އަދި މޫދުކުޅިވަރު ތަރައްޤީކުރުމަށް ސީ ސްޕޯޓްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ މޫދު ކުޅިވަރާއި ރާޅާއަޅާ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކަށް ގެންދިއުމަށް އެހީތެރިވެދެމުންނެވެ. އަދި މި ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން އިތުރުކުރުމަކީވެސް ސީ ސްޕޯޓްސްގެ އަމާޒެކެވެ.

ސީ ސްޕޯޓްސްގެ އެމްބެސެޑަރުން

ސީ ސްޕޯޓްސް އުފެދިފައިވަނީ މާރޗް 1995 ގައެވެ. ސީ ސްޕޯޓްސްގެ އަމާޒަކީ ރާޅާއެޅުމާއި އަދި މޫދު ކުޅިވަރުތަކަށް ބޭނުންވާ ހެދުމާއި ސާމާނު ރިސޯޓްތަކަށާއި އަދި ދިވެހިންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. ރާއްޖޭަގައި މޫދު ކުޅިވަރަށް ބޭނުންވާ ތަކެތި ގަތުމަށް އެންމެ ފުރަތަމަވެސް މީހުން ދާތަނަކަށް ސީ ސްޕޯޓްސް މިހާރު ވަނީ ވެފައެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް އެ ކުންފުނިން ގަބޫލުކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ ތަކެއްޗަކީ ކޮލެޓީ އަދި ކުންފުނީގެ ކަސްޓަމަރ ސަރވިސް ރަނގަޅުވުމެވެ.

ރިއެކްޝަންސް
0
4
0
0
0
0
0