މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

20 އޯގަސްޓް 2022 - 18:54

ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައިފި އެވެ. އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 ޕަސެންޓް ވަނީ ނިމިފައި ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

advertisement

19 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފި

މިހާތަނަށް 19 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފް ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލަގައި ކުރީގެ ހެލްތު މިނިސްޓަރ އަމީންއަށް ދައުވާ ނުކުރާނެ

ކޯވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލާއި ދައުވާ ކުރަން ފޮނުވި މީހުންގެ ތެރެއިން ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި ބައެއް އެހެން މީހުންނަށް ދައުވާ ނުކުރަން ނިންމައި އޭސީސީން މައްސަލަ ފައިލްކޮށްފިއެވެ.

ރިޔާސީ އިންތިހާބަށް އެކުގައި ނުނިކުމެވޭނެ: ނަޝީދު

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފުރުސަތު ނުދީފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ނުނުކުމެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މައިހުޅުމާލެ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވުމާއި ވޮލީ ބޯލް ކޭމްޕް 2022 އިފްތިތާހްކޮށްފި

ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން މި ކޯޕަރޭޝަނުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ “މައިހުޅުމާލެ ވޮލީ ބޯލް ކޭމްޕް 2022” މިއަދު ވަނީ އިފްތިތާހްކުރެވިފައެވެ. މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މި ކޭމްޕް އިފްތިތާހްކޮށްދެއްވީ އެޗްޑީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރު އަބްދުލް ރަހްމާންއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0