މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

24 އޯގަސްޓް 2022 - 18:43

މަބްރޫކްގެ ބަދަލުގައި ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން ޢައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް ޏ.ފުވައްމުލައް، މާލެގަން. މެލޯ މިޢްވާން މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

advertisement

މިޢްވާން މުޙައްމަދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު މަބްރޫކް ޢަޒީޒް އިސްތިޢުފާ ހުށަހެޅުއްވުމާއިގުޅިގެންނެވެ.

ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ބޭފުޅުންނަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް ބާއްވަވާގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމަށްޓަކައި “ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު” ޖެއްސެވުމަށްފަހު 7960844 ނަންބަރު ފޯނަށް މެސެޖްކުރައްވާގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢު ކުރިއަށް

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ށ. ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އައުކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެ އެވެ. މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ޕްރިޒަން އޮފިސަރުން ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

މިގޮތުން ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯރން ކެމެރާ ބޭނުންކުރާނެއެވެ.

7 ރަށެއްގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު އެ ރަށްތަކާއި ހަވާލުކޮށްފި

7 ރަށެއްގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު އެ ރަށްތަކާއި ހަވާލުކޮށްފި ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައިފި އެވެ.

އެއީ. ބ.ކުޑަރިކިލު، މ.ވޭވަށް، ދ.ހުޅުދެލި، ތ.ވަންދޫ، ލ.ދަނބިދޫ އަދި ލ.ކަލައިދޫގެ އިތުރުން ލ.ފޮނަދޫ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0