ހަކުރު ބަލި ހުންނަ ނަމަ ލޯ ޓެސްޓް ކުރުން މުހިއްމުވަނީ ކީއްވެ؟

27 އޯގަސްޓް 2022 - 11:06

ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލަވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބެލެވޭ ގޮތުގައި ހަކުރު ބަލި ޖެހިފައި އެކަން ދެނެނުގަނެވި، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަނުކުރެވި ހުރުމަކީވެސް ގިނައިން ދިމާވާ ކަމެކެވެ.

މިބަލީގެ ސަބަބުން ގުރުދާއަށާއި، ލޮލަށާއި، ނާރުތަކަށާއި، ފަޔަށާއި އަދި ގައިގެ ހަންގަނޑަށް ދިމާވާ މައްސަލަތައް ހިމެނެއެވެ. އަދި ކުދި ކުދި ފާރުކޮޅު ފަސޭހަ ނުވުމާއި އިންފެކްޝަންތައް ފަސޭހައިން ފެތުރި އޯގަން ފެއިލްވުން ފަދަ ސީރިއަސް ހާލަތްތަކަށް ވެސް މިބަލީގެ ސަބަބުން މީހާ ހުށަހެޅިގެން ދެއެވެ. އެހެންކަމުން ތުއްތު އިރުންފެށިގެންވެސް ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްގެން ކެއިންބުއިން ވަރަށް މުހިންމެވެ.

advertisement

ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޑައިބީޓީޒް ފެޑެރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގައި މިހާރު ޢުމުރުން 20 އަހަރާއި 79 އަހަރާއި ދެމެދުގެ ގާތްގަނޑަކަށް 10 އިންސައްތައަކީ ހަކުރު ބަލީގެ ވޭން އެކި މިންވަރަށް ތަޙައްމަލު ކުރަމުންދާ މީހުންނެވެ.

ހަކުރު ބަލީގެ ސަބަބުން މީހާގެ ލޮލުގެ ފެނުމަށްވެސް އޭގެ ނޭދެވޭ އަސަރުކުރެއެވެ. ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ހަކުރު ބަލީގެ ސަބަބުން ލޮލަށް ދިމާވާ މައްސަލައަށް ކިޔަނީ “ޑައިބެޓިކް އައި ޑިޒީޒަސް” އެވެ.

“ޑައިބެޓިކް އައި ސްކްރީނިން” އަކީ ހަކުރު ބަލީގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކުރުމުގެ ކުރިން އެކަން ޓެސްޓްކުރުމެވެ. ސްކްރީން ކުރުން މުހިންމު ވަނީ ބަލީގެ ޅަފަތުގައި އެއްވެސް އަލާމާތެއް ނުފެންނާތީއެވެ. އަދި ބޮޑުވަރުވާއިރު ހުންނާނީ ރަނގަޅުކުރަން އުނދަގޫ ހިސާބަށް ގޮސްފައިކަމަށްވާތީއެވެ.

ސިއްހީ މާހިރުން ލަފާދެނީ ހަކުރުބަލި ހުންނަ މީހުން އަހަރަކު 1 ފަހަރު ލޮލުގެ ސްކްރީން ހެދުމަށެވެ. އޭރުން ލޮލުގެ މައްސަލައެއް ހުރިނަމަވެސް އަވަހަށް ދެނެގަނެވި ފަރުވާދޭން ފަސޭހަވާނެތީއެވެ. ހަކުރު ބައްޔާއި ގުޅިގެން ލޮލަށް ދިމާވާ ބައެއް މައްސަލަތައް:

  • ޑައިބެޓިކް ރެތިނޯޕަތީ

މިއީ ހަކުރު ބަލި ހުންނަ މީހުންނަށް ދިމާވާ ލޮލުގެ މައްސަލައެކެވެ. މީގެ ސަބަބުން ލޮލުގެ ފެނުން ގެއްލެއެވެ.

  • ޑައިބެޓިކް މެކިއުލާ އެޑެމާ

މީގެ ސަބަބުން ލޯފުސްވެ ފެންނަ ފެނުންވެސް ފުސްވެގެންދެއެވެ.

  • ގްލަކޯމާ

މިއީވެސް ހަކުރު ބަލި ހުންނަ މީހުންނަށް ދިމާވާ އާންމު ލޮލުގެ މައްސަލައެކެވެ. މިގޮތައް ދިމާވުމުންވެސް ލޮލުގެ ފެނުމަށް އަސަރުކުރެއެވެ.

  • ކަޓަރެކް

މިއީވެސް ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވުމުގެ ސަބަބުން ލޯފުސްވެ ދިމާވާ ހާލަތެކެވެ.

ރިއެކްޝަންސް
0
0
1
20
2
0
0