ދަރިން ހޯދަން އުނދަގޫ އަންހެނުންނާއި ފިރެހެނުންގެ ފެންނަ އަލާމާތްތައް

6 ސެޕްޓެމްބަރ 2022 - 18:06

އިންޕާޓިލިޓީ ނުވަތަ ދަރިން ހޯދަން އުނދަގޫވުމަކީ އަންހެނުން އަދި ފިރެހެނުންނަށްވެސް ދިމާވާ މައްސަލައެކެވެ. މި އާޓިކަލްގައި މި ހިމަނާލަނީ ދަރިން ހޯދަން އުނދަގޫ އަންހެނުން އަދި ފިރެހެނުންގެ ފެންނާނެ ބައެއް އަލާމާތްތަކަށެވެ.

އަންހެނުންގެ ފެންނާނެ އަލާމާތްތައް:

  • އަނބިފިރިކަމުގެ ގުޅުން ހިންގާއިރު ތަދުވުން
  • އަނބިފިރިކަމުގެ ގުޅުން ހިންގާއިރު ތަދުވުމަކީ ސިއްހީ މައްސަލައެކެވެ. އަދި މިއީ ދަރިން ހޯދަން އުނދަގޫ ވެދާނެ ސަބަބެއްވެސް މެއެވެ.
  • ފީޑިއަޑް ވާއިރު މާގިނައިން ލޭއައުން، ގިނަދުވަސްވުން، ތަދުވުން

ބައެއް އަންހެނުން ޕީރިއަޑްގެ ދުވަސްވަރު މަދުން ލޭއައިސް މަދު ދުވަސްކޮޅެއް  ހޭދަވެއެވެ. ނަމަވެސް އަނެއްބައި މީހުންނަކީ ގިނަ ދުވަސްނަގާ ގިނައިން ލޭއަންނަ މީހުންނެވެ. މިފަދަ މީހުންގެ އެންޑޯމެޓްރިއޯސިސް ހުރެއެވެ. މިއީ ދަރިމައިވުމަށް ހުރަސްއެޅޭ ކަމެކެވެ.

advertisement
  • އެންޑޯމެޓްރިއޯސިސްގެ ބައެއް އެހެން އަލާމާތްތައް:
  • ދަށްބަނޑަށް ތަދުވުން (ޕީރިއަޑް ނޫން ދުވަސްވަރުގައިވެސް)
  • އަނބިފިރިކަމުގެ ގުޅުން ހިންގާއިރު ތަދުވުން
  • ބެކް ޕެއިން
  • ގަވައިދުން ޕީރިއަޑް ނުވުން
  • ޕީރިއަޑް ވާއިރު އަންނަ ލޭ ކަޅުވުން

ޕީރިއަޑްވާއިރު އަންނަނީ މަޑު ރަތްކުލައިގެ ލެއެވެ. އެހެންނަމަވެސް ޑާކް ނުލައިގައި ލޭއަންނަނަމަ މިއީ މައްސަލައެކެވެ.

ހޯމޯންއަށް ބަދަލުއައުން

  • ކުއްލިއަކަށް ބަރުދަނަށް ބަދަލުއައުން
  • މޫނުގައި އާދަޔާ ހިލާފަށް އިސްތަށި ފެޅުން
  • ބޮލުގެ މަތީގައި ހުންނަ އިސްތަށިތައް ހިމަވުން

މާބޮޑަށް ފަލަވުން

މާބޮޑަށް ފަލަވެފައިވާ އަންހެނުންނަށް ދަރިން ހޯދަން އުނދަގޫވެއެވެ.

ދަރިން ހޯދަން އުނދަގޫ ފިރެހެނުންގެ ކިބައިން ފެނިދާނެ ބައެއް އަލާމާތްތައް:

  • ހޯމޯން އިންބެލެންސް
  • ޓެސްޓިކަލްސްއަށް ބަދަލުއައުން
  • މާބޮޑަށް ދަލަވުން
  • އުމުރު މަތިވުން
  • ރާބުއިން
  • މާބޮޑަށް ސްޓްރެސްވުން
  • ރަނގަޅު ކާނާ ނުކެއުން
ރިއެކްޝަންސް
5
11
7
50
5
7
6