ފިރެހެނުންނަށް ދަރިން ލިބުމުގެ ފުރުސަތު އިތުރުކުރެވޭނީ ކިހިނެތް؟

12 ސެޕްޓެމްބަރ 2022 - 11:27

އަންހެންމީހާ އޮވުލޭޓްވާ ދުވަސްކޮޅާއި ދިމާކޮށް އަނބިފިރިކަމުގެ ގުޅުން ހިންގުމަކީ ދަރިން ލިބުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. ނަމަވެސް ދަރިން ހޯދަން ބޭނުންވާ ފިރެހެނުންގެ ދިރިއުޅުމަށް ގެނެވޭ ބަދަލުތަކުގެ ސަބަބުންވެސް ދަރިން ލިބުމަށް މަގުފަހިވެގެންދެއެވެ. އޭގެތެރޭގައި ބައެއް ކަންކަން ހިމަނާލާނަމެވެ.

ސްޕާމް ޓެމްޕަރޭޗަރ

ދަރިން ހޯދަން ބޭނުންވާނަމަ ފިރެހެނާގެ ލަދުވެތި ގުނަވަނާއިމެދު ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ. އަދި އެ އުޅޭ މާހައުލުގެ ފިނިހޫނުމިނަކީވެސް ދަރިން ލިބުމަށް ވަރަށް މުހިންމު ކަމެކެވެ. ހޫނުގަދަ މާހައުލެއްގައި މަސައްކަތް ކުރަންޖެހޭނަމަ ދޭތެރެއަކުން ބްރޭކެއް  ނަގާލާށެވެ. މާގިނައިރު މާހޫނުގައި މަސައްކަތް ކުރުމަކީވެސް ދަރިން ލިބުމަށް ހުރަސްއެޅިދާނެ ކަމެކެވެ. އަދި އެއްތަނެއްގައި މާގިނައިރު އިށީންދެ އިނދެ މަސައްކަތް ކުރަންޖެހޭ މީހުންވެސް ދޭތެރެއަކުން ތެދުވެލާ ހިނގާލުން ފަދަ ކަންކަން ކޮށްލަންޖެހެއެވެ.

advertisement

ސްޕާމްގެ ކޮލިޓީ ދަށްވާ އަނެއް ސަބަބެއްގެ ގޮތުގައި މާބާރު ބޮކްސަރލުން ހިމެނެއެވެ. އެގޮތުން ދަރިން ހޯދަން މަސައްކަތްކުރާ ފިރެހެނެއްނަމަ ބާރު ބޮކްސާ ލުމުގެ ބަދަލުގައި ބޮކްސާ ސޯޓު ހިޔާރުކުރާށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދަރިން ލިބުމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން ދަރިއަކު ހޯދަން މަސައްކަރްކުރާ ފިރެހެނަކު ދުންފަތުގެ އިސްތިއުމާލުކުރުން ދުރުވާންޖެހެއެވެ. ދަރިއަކު ލިބުމަށްފަހުގައިވެސް ފިރެހެނުން ސިނގިރޭޓުބޯނަމަ އޭގެ އަސަރު ތުއްތު ދަރިފުޅަށް ކުރެއެވެ. އެގޮތުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ޖެހި ކުއްލިއަކަށް ދަރިފުޅު މަރުވުމަށް މަގުފަހިވެއެވެ.

ރާބުއިން އަދި ޑްރަގްސް ބޭނުންކުރުން

ރާބުއިމާއި އަދި މަސްތުވާތަކެތި ބޭނުންކުރުމަކީ ފިރެހެނުންނަށް ދަރިން ހޯދަން އުނދަގޫވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭގެތެރޭގައި ކެނަބިސް، ކޮކެއިން، އެނަބޮލިކް ސްޓިރޮއިޑްސް ފަދަ ތަކެތި ހިމެނެއެވެ. ދަރިއަކު ހޯދަން މަސައްކަތްކުރާ ފިރެހެނަކު މިތަކެތިން ދުރުވާންޖެހެއެވެ.

ބައެއް ބޭސްތައް

ޑޮކްޓަރީ ބައެއް ބޭސްތަކާއި އަދި އަމިއްލައަށް ފާމަސީތަކުން ގަނެގެންކާ ބޭސްތަކުގެ ސަބަބުންވެސް ދަރިން ލިބުމަށް އުނދަގޫވެއެވެ. އޭގެތެރޭގައި ކީމޯތެރަޕީ ބޭސްތަކާއި، މާގިނަދުވަސްތަކެއް ވަންދެން ބައެއް ކަހަލަ އެންޓިބައޮޓިކްސް ބޭނުންކުރުމަކީވެސް ފިރެހެނުންނަށް ދަރިން ލިބުން އުނދަގޫވާ ސަބަބެކެވެ. ނަމަވެސް ބޭސްތައް ބޭނުންކުރުން ހުއްޓާލުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި ދަރިން ލިބުމަށް މަގުފަހިވެއެވެ. އެހެންކަމުން ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ރަނގަޅުވާނެއެވެ.

ކެއުން، ބަރުދަން، ކަސްރަތު

ހަށިގަނޑަށް ރަނގަޅު ކާނާ ކެއުމާއި، ބަރުދަން ސިއްހަތައް ރަނގަޅު މިންވަރަކަށް ބެެހެއްޓުމަކީ ދަރިފަނީގެ ކޮލެޓީ ރަނގަޅުކޮށްދޭ ކަންކަމެވެ. ހެލްތީ ޑައިޓްއެއްގައި ހުރުމަށް ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.

  1. ކޮންމެ ދުވަހަކުވެސް 5 ވައްތަރެއްގެ މޭވާއާއި ތަރުކާރީ ކެއުމުގައި ބޭނުންކުރުން
  2. ފައިބަރއިން މުއްސަނދި ކާނާ ކެއުން. އޭގެތެރޭގައި އަލުވި، ޕާން، ބަތް އަދި ޕާސްތާ ފަދަ ބާވަތްތައް ހިމެނޭ.
  3. ސޯޔާ ޑްރިންކް ނުވަތަ ޔޯގަޓް ބޭނުންކުރުން.
  4. ބީންސް، މަސް، މީޓް ފަދަ ޕްރޮޓީން ލިބޭ ބާވަތްތައް ކެއުން.

ސްޓްރެސް

ސްޓްރެސް ވުމަކީ ތިބާއާއި ތިބާގެ ބައިވެރިޔާއާއި އޮންނަ ގުޅުން ހީނަރުވެދާނެ ކަމެކެވެ. އަދި މިއީ އެކަމުން އަނބިފިރިކަމުގެ ގުޅުމަށްވެސް އަސަރުކުރާ ކަމެކެވެ. ސްޓްރެސްގެ ސަބަބުން ފިރެހެނުން ސްޕާމް އުފައްދާ މިންވަރުވެސް ދަށްވެއެވެ. އެހެންކަމުން ކުއްޖަކު ހޯދަން މަސައްކަތްކުރާ ފިރެހެނަކު ސްޓްރެސްއާއި ދުރުވެ މީހާ ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
3
10
1
2
0
0
0