މަސްތުވާތަކެއްޗަށް ދެވިހިފުން ފެށެނީ ކިހާ ހިސާބަކުން؟

12 ސެޕްޓެމްބަރ 2022 - 15:00

މަސްތުވާތަކެތި ބޭނުންކުރާ ކޮންމެ މީހަކީ އެއަށް ދެވިހިފާ ހިސާބަށްދާ މީހެއް ނޫނެވެ. ނަމަވެސް އެ ބޭނުންކުރުމަށްފަހު އެއަށް ދެވިހިފާ ހިސާބަށްދާ މީހުންވެސް ގިނައެވެ. އެގޮތުން ދެވިހިފާ ބައެއް މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން، ކޮކެއިން، އަދި ޑޮކްޓަރީ ބޭސްތަކަށްވެސް މީހުން ދެވިހިފައެވެ.

މަސްތުވާތަކެއްޗަށް ދެވިހިފުން ފެށެނީ ކިހާހިސާބަކުން؟

އިނގުން އެންމެ މުހިންމު ކަމަކީ މަސްތުވާތަކެއްޗަށް ދެވިހިފުމަކީ އެންމެ ދުވަހުން 2 ދުވަހަކުން ވާކަމެއް ނޫންކަމެވެ. ބައެއް މީހުންނަށް މިހެން ދިވާމި ނަމަވެސް ގިނަފަހަރު މިކަން ދިމާވަނީ ގިނަ ދުވަސް ވަންދެން މި ބޭނުންކުރުމުގެ ސަބަބުންނެވެ. މާގިނައިން ބޭނުންކުރަމުންގޮސް މީހާގެ އަމިއްލަ ނަފްސުގެ ހުއްޓުވުމަށް އެއްވެސް ބާރެއް ނެތް ހިސާބަށް ދެވުމުން މަސްތުވާތަކެއްޗަށް މީހާ ދެވިހިފައިގެން ދެއެވެ. މަސްތުވާތަކެއްޗަށް ދެވިހިފާ ބައެއް މަރުހަލާތައް:

advertisement

އެކްޕެރިމެންޓޭޝަން

މިއީ އަޖުމަ ބަލާލުމުގެ ގޮތުން އެންމެ ފުރަތަމަ އެ ބޭނުންކުރަން ފަށާ ހިސާބެވެ. ކޮންމެވެސް މީހަކު މީގެ އަޖުމަ ބަލާލުމަށް ބާރުއަޅައެވެ. އަދި އެއްފަހަރު ބޭނުންކުރިއަސް ދެން ބޭނުންނުކޮށް ހުރެވިދާނެ ކަމަށް ބުނެ ވަސްވާސްދެއެވެ.

ރެގިއުލަރ / ސޯސިއަލް ޔޫސް

މީހާގެ މޫޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެރަވުން ފަދަ ކަމެއް ދިމާވުމުން ބޭނުންކުރަންފަށައެވެ. އަދި ކުރިން ބޭނުންކުރި ގޮތާއި މިފަހަރު ބޭނުންކުރާ ގޮތުގައި ތަފާތުތަކެއް ހުރެއެވެ. ސަބަބަކީ މިފަހަރު ބޭނުންކުރަނީ މީހާގެ މޫޑަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހާގެ މޫޑު ރަނގަޅު ކޮށްލުމަށެވެ. އަދި ކުރިއާއި ހިލާފަށް ގިނައިން ބޭނުންކުރެވެން ފަށައެވެ.

ތިމާގެ ޑްރަގް އެޑިކްޝަނެއް އެބަހުރިތަ؟

ޑްރަގް އެޑިކްޝަނެއް ހުރިނަމަވެސް ބައެއް މީހުންނަށް މިކަން ޤަބޫލުކުރަން އުނދަގޫވެއެވެ. ޑްރަގް އެޑިކްޝަންއާއި އެއްގޮތައް ޑޮކްޓަރީ ބޭސްތަކަށް ދެވިހިފުމަކީވެސް ފާޑެއްގެ އެޑިކްޝަންއެކެވެ.

މިއީ ގިނަ މީހުންނަށް ދިމާވާ ކަމެއްވެސް މެއެވެ. އަދި މިއީ ވަރަށް ނުރައްކާ ކަމެކެވެ. ޑޮކްޓަރުން ދޭ ބައެއް ތަދުކަނޑުވާ ބޭސްތަކާއި ސެޑެޓިވް ޑްރަގްސްގެ ނުރައްކާ ބައެއް މީހުންނަށް އޮޅުންފިލާފައި ނުވާކަހަލައެވެ. 2 މީހުންނަށް އެއްކަހަލަ ކަންކަން ދިމާވާތީ ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އަނެކާއަށް ދީފައި ހުންނަ ޑޮކްޓަރީ ބޭސްތައް ބޭނުންކުރެވޭ ފަހަރު އާދެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާ ކަމެކެވެ.

ޑޮކްޓަރުން ދީފައި ހުންނަ ބޭސްތައް ބޭނުންކުރަންވާނީ އެ ބޭސް ދީފައި ހުންނަ މީހެކެވެ. ސަބަބަކީ އެ ބޭސްތައް ދީފައި ހުންނަނީ އެމީހެއްގެ ސިއްހީ ހާލަތައް ބެލުމަށް ފަހުގައިކަމަށްވާތީއެވެ. މިގޮތައް ބޭސް ކާނަމަ މި ސުވާލުތައް ކޮށްލުން ރަނގަޅެވެ.

  • އާންމުކޮށް ޑޮކްޓަރު ލިޔެދީފައި ނުހުންނަ ބޭސްތައް ކަންތަ؟
  • އެހެންމީހުންނަށް ދީފައި ހުންނަ ބޭސްތައް ކަންތަ؟
  • ޑޮކްޓަރު ލިޔެދީފައި ހުންނަ ބޭސް އެ މިންވަރަށްވުރެ އިތުރަށް ކަންތަ؟
  • އަމިއްލަ މީހާއަށް އިސްސާސްވާ ގޮތް ތަފާތުކުރުމަށް މާގިނައިން ބޭސް ކަންތަ؟
  • ޑޮކްޓަރު ލިޔެދީފައި ހުންނަ ބޭސްތައް ހުސްވާން ކައިރިވުމުން މީހާ ހާސްވެ ޑިޕްރެސްވޭތަ؟
  • އިތުރަށް ބޭސް ހޯދުމަށް އެހެން ޑޮކްޓަރަކަށް ދައްކަންތަ؟
  • ބޭހުގެ ސަބަބުން އެހެންޏާ ނުކުރާ ބައެއް ކަންތައްތައް ކުރަންތަ؟
  • ބޭސް ހުއްޓާލެވޭނެކަމަށް އަމިއްލަ ނަފްސަށް ވިސްނައި ދިނުމަށް ފަހުގައިވެސް ބޭސް ކެއުން ނުހުއްޓިގެން އުޅެންޖެހޭތަ؟

މިއިން ގިނަ ކަންކަމަށް އާނއެކޭ ބުނެވޭނަމަ ތިބާއަށް ތިހުރީ އެހީތެރިކަން ބޭނުންވެފައެވެ. އަދި މިއީ ތިބާ ޑްރަގްއަށް ބަރޯސާވެފައިވާ މިންވަރު ހާމަވާކަމެކެވެ.

ރިއެކްޝަންސް
1
1
5
0
0
0
2