ކުޑަކުދިންނަށް ކެންސަރު ޖެހުމުން ފެންނާނެ އަލާމާތްތަކަކީ ކޮބާ؟
14 ސެޕްޓެމްބަރ 2022 - 15:44
ކެންސަރު ޖެހުމުން ފެންނާނެ އަލާމާތްތައް ކުރީބައިގައި އެނގިފައި ހުރުމަކީ މިކަމަށް އަވަހަށް ފިޔަވަޅު އެޅޭނެކަމެވެ. ކުޑަކުދިންނަކީވެސް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް ބައެއްކަމުން ބެލެނިވެރިން މިކަމަށް ސަމާލުވެ ކުޑަކުދިންގެ ކިބައިން ކެންސަރު ޖެހުމުން ފެންނާނެ އަލާމާތްތަކަށް އަހުލުވެރިވުމަކީ މުހިންމު ކެމެކެވެ.
Know the common symptoms of childhood cancers and observe for these symptoms. Seeing a doctor soon and getting diagnosed early can show better outcome.
Help us spread #ChildhoodCancer awareness 🎗 pic.twitter.com/XEu8PODAcR— Cancer Society of Maldives (@CancerSocietyMV) September 13, 2022
އެގޮތުން މި އާޓިކަލްގައި މި ހިމަނާލަނީ ކުޑަކުދިންނަށް ކެންސަރު ޖެހުމުން ފެންނާނެ ބައެއް އަލާމާތްތަކެވެ.
- ބޮލުގައި ރިއްސުން – އާދަޔާ ޚިލާފަށް ދިގުދެމިގެން ދިއުން ނުވަތަ މާބޮޑަށް ރިއްސުން،
- ހޮޑުލުން (ޙާއްސަކޮށް ހެނދުނުގަޑީގައި ހެޑުލެވުން ނުވަތަ ހޮޑުލުން އިތުރުވުން)
- ލޮލަށް އަންނަ ބަދަލުތައް – ލޮލުގެ ކަޅި ހުދުވުން، ލޯ އަވަރުކޮށްގެން ބަލަން ފެށުން، ލޮލުގެ ފެނުން ދަށްވުން، ލޯކައިރި ނޫފައިގެން ރަތްވުން ނުވަތަ ދުޅަވުން.
- އިންފެކްޝަންގެ އެއްވެސް އަލާމާތަކާއި ނުލައި ނުވަތަ ހުމުގެ އަސަރެއްވެސް ނެތި ގަނޑުލުން ނުވަތަ ދުޅަވުން
- ދޮންފޫޑުވުން، ގައިގެ ހަމުގެ ތަންތަން ރަށްވުން، ނޫފައިގަތުން، ލޭއައުން،
- ކަށީގައި ރިއްސުން
- ބަނޑު ދުޅަވުން
- ބޯއެނބުރުން، ކާލިއެޅުން
- ވަރުބަލިވުން، ނެގިމަޑުވުން، އުޅުމަށް ބަދަލުއައުން
- އަނަރޫފަވުން
- ކެއްސުން، ނޭވާލާން އުނދަގޫވުން
- ރޭގަނޑު ދާހިތްލުން
- އެއްވެސް އަނިޔާއެއްނުވެ، އިންފެކްޝަންގެ އަލާމާތެއް ނެތި ދުޅަވުން ނުވަތަ އަތާއި ފައިގައި ނުވަތަ ކަށީގައި ރިއްސުން
މިއީ އާންމުކޮށް ކެންސަރަށް މަގުފައިވާ ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތަކެވެ. އެހެންކަމުން މި އަލާމާތްތައް ފެންނަމަ އަވަރަށް ޑޮކްޓަރެއްގެ އެހީ ހޯދަންވާނެއެވެ.


