ބަރަހަނާ މަންޒަރު ބަލަން ދެވިހިފާފައިވާކަން ދެނެގަންނާނީ ކިހިނެތް؟

15 ސެޕްޓެމްބަރ 2022 - 10:02

ޕޯން ބެލުމަށް ދެވިހިފުމަކީވެސް ބައްޔެކެވެ. ނުވަތަ އެއަށް ދެވިހިފާކަމެކެވެ. ކިންސޭ އިންސްޓިޓިއުޓް ސަރވޭއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޕޯން ބަލާ މީހުންގެ ތެރެއިން %9 މީހުން އެކަން ހުއްޓާލަން މަސައްކަތް ކޮށްފައިވާކަމަށެވެ. މި ދިރާސާކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ.

މިފަދަ ފިލްމުތައް ބެލުމަށް މީހުން ބޮޑަށް ދެވިހިފާފައިވަނީ އިންޓަނެޓާއި ސްޓްރީމިން ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ފިލްމުތައް ބަލަން ފަސޭހަވެފައިވާތީއެވެ. މިފަދަ ފިލްމު ބަލަން ދެވިހިފާފައިވާކަން ދެނެގަންނާނީ ކިހިނެތް؟

advertisement
  • މިފަދަ ފިލްމު ބެލުމަށް ހޭދަކުރާ ވަގުތު އިތުރުވަމުން ދިއުން
  • ކަންކަން ހައްލުކުރުމަށް ކުރާ ކަމަކަށް މިފަދަ ފިލްމުތަައް ބެލުން
  • ނިންޖާއި ތިމާގެ ޒިންމާތައް ހަނދާންނައްތާލައި މިފަދަ ފިލްމުތައް ބެލުމަށް ގިނަ ވަގުތު ހޭދަކުރުން
  • މިފަދަ ފިލްމުތައް ނުބަލައި އަނބިފިރިކަމުގެ ގުޅުން ނުހިންގުން
  • އަމިއްލަ ދިރިއުޅުމަށް މީގެ ސަބަބުން އަސަރުކުރިނަމަވެސް ހުއްޓާލަން ބޭނުންނުވުން

ދިރާސާގައި ވަނީ ޕޯން ބެލުމަކީ މީހާގެ ދިރިއުޅުމާއި އަދި ސިކުނޑިއަށްވެސް އޭގެ ނޭދެވޭ އަސަރުކުރާކަމެއްކަން ހާމަވެފައެވެ. ނަމަވެސް މިއީ އަމިއްލައަށް މަސައްކަތް ކޮށްގެން ހުއްޓުވޭނެކަމެކެވެ. މިކަން ހުއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން:

ތިމާގެ މައްސަލައެއް ހުރިކަން ގަބޫލުކުރޭ

އަހަރެމެންގެ މުޖްތަމައުގައި އަމިއްލަ މީހާގެ މައްސަލައެއް ހުރިކަން ގަބޫލުކުރަން ބޭނުންވާ މީހުން ވަރަށް މަދެވެ. ނަަމަވެސް ޕޯން ބެލުން ހުއްޓާލަން ބޭނުންވެފައިވާ މީހެއްނަމަ އަމިއްލަ މީހާގެ މައްސަލައެއް ހުރިކަން އެންމެ ފުރަތަމަވެސް ގަބޫލުކުރާށެވެ.

ގާތް ރަހުމަތްތެރިންގެ ފަރާތުން އެހީ ހޯދުން

މިކަން ހުއްޓާލަން ބޭނުންވާނަމަ ގާތް ރަހުމަތްތެރިއަކާއި މި ވާހަކަ ހިއްސާ ކުރެވިދާނެއެވެ. އަދި ހުއްޓުމަށް އޭނާގެ ފަރާތުން އެހީއަކަށް އެދެވިދާނެއެވެ.

އޮންލައިންކޮށް ބަލާ ތަކެތި މޮނިޓަރކުރުން

އޮންލައިންކޮށް ތިމާ ބަލާ ތަކެތި މޮނިޓަރ ކުރުމަކީ މިކަން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެއިރުން ހަފްތާއެއްގެ ތެރޭގައި އޮންލައިންކޮށް ބަލާފައި ހުރި ތަކެތީގެ މައުލޫމާތު ލިބޭނެއެވެ. އަދި ހުއްޓާލަން އެހީއަކަށް ވާނެއެވެ.

ފޯނު ބޭނުންކުރާ މިންވަރު މަދުކުރުން

ފޯނު ބޭނުންކުރާ މިންވަރު މަދުކުރުމަކީވެސް ޕޯން ބެލުމަށް ދެވިހިފާފައިވާ މީހަކަށް އެކަން ހުއްޓާލުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

ގޭގައި މިފަދަ ތަކެތި ހުރިނަމަ ނައްޓާލުން

ބައެއް މީހުން ފޯނުން ނޫނަސް އެފަދަ މެގަޒިންތަކާއި ސީޑީތައް ގޭގައި ފޮރުވައިގެން ގެންގުޅެއެވެ. އެހެންކަމުން މިފަދަ ވީޑިއޯ ބެލުން ހުއްޓާލަން ބޭނުންވާނަމަ އެތަކެތި އުކާލާށެވެ.

ކައިވެނި ކޮށްގެން އުޅޭނަމަ ކައިވެންޏާއިމެދު ވިސްނާލުން

ކައިވެންޏެެއް ކޮށްގެން އުޅޭނަމަ އަމިއްލަ ނަފްސާ ބައެއް ސުވާލުކޮށްލާށެވެ. ތިޔަ ކައިވެނީގައި ތިޔައުޅެނީ ހިތްހަމަޖެހިގެން ސެޓިސްފައި ވެގެން އުފަލުގައި ހެއްޔެވެ؟ ކައިވެނީގައި މަދުވަނީ ކޮންކަމެއް ހެއްޔެވެ؟ ކައިވެނީގައި އަނބިފިރި ކަމުގެ ގުޅުމާއިމެދު ހިތްހަމަޖެހޭ ހެއްޔެވެ؟ މިފަދަ ސުވާލުތައް އަމިއްލަ ނަފްސާއި ކުރުމުން އެޑިކްޓް ވެފައިވަނީ ކީތްވެގެންކަން އަމިއްލައަށް ދެނެގަނެވިދާނެއެވެ. އަދި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.

ރިއެކްޝަންސް
5
5
5
5
1
0
0