ޑްރަގް އެޑިކްޝަންއަކީ ވާރުތަވާ ކަމެއްތަ؟

17 ސެޕްޓެމްބަރ 2022 - 9:13

ޑްރަގް އެޑިކްޝަންއަކީ އާއިލީގޮތުން ވާރުތަކުރާ ކަމެއްތޯ މިއީ ވަރަށް ގިނަ މީހުންގެ އުފެދިދާނެ ސުވާލެކެވެ. އާއިލާގައި ޑްރަގްއަށް ދެވިހިފާފައިވާ މީހަކު ހުރިނަމަ އަދި މިކަމުގެ ސުވާލު އުފެދޭ މީހުން ގިނަވާނެއެވެ. ހަޤީގަތަކީ ޑްރަގް އެޑިކްޝަންއަކީ އާއިލީގޮތުން ވާރުތަވާކަމެކެއްކަމެވެ.

މިއަށް ކިޔަނީ ޖެނެޓިކް ޕްރީޑިސްޕޮސިޝަން އެޑިކްޝަން ނުވަތަ ސަބްސްޓެންސް ޔޫސް ޑިސްއޯޑަރއެވެ. އާއިލީގޮތުން އެޑިކްޝަން ވާރުތަވުމަކީ ގިނަ ސަބަބުތަކެއް އެކުލެވިގެންވާކަމެކެވެ. އޭގެތެރޭގައި:

advertisement

ކުޑައިރު ދިމާވާ ކަންކަމުގެ ސަބަބުން

ކުޑައިރު ކުއްޖާއަށް ދިމާވާ ކަންތައްތަކުގެ ސަބަބުން އެޑިކްޝަންއަކަށް ދިއުމަކީ ވަރަށް އާންމުކަމެކެވެ. އޭގެތެރޭގައި ޓްރޯމާ، އެބިއުސް، ނެގްލެކްޓް، ގެވެށި އަނިޔާ ފަދަ ކަމަކާއި ކުޑައިރު ދިމާވެފައިވާނަމަ ޑްރަގް އެޑިކްޝަންއަކަށް ދިއުމަށް މަގުފަހިވެއެވެ. މިހެން ދިމާވަނީ މީހާއަށް ދިމާވަނީ ކުޑައިރު މިފަދަ ކަންކަމާއި ކުރިމަތިލާންޖެހުމުގެ ސަބަބުން މީހާގެ ވިސްނުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، މިކަންކަމަށް ބަދަލު އަންނާތީއެވެ.

އާއިލާގެ ތެރޭގައި ދިމާވާ އެހެނިހެން ކަންކަމުގެ ސަބަބުން

އާއިލާގެ ތެރޭގައި ހާލަތު އޮންނަ ގޮތުގެ ސަބަބުން ނުވަތަ ދިމާވާ ކަންކަމުގެ ސަބަބުންވެސް ކުޑައިރު ޑްރަގް އެޑިކްޝަންއަށް ދިއުމުގެ ފުރުސަތު ފަހިވެއެވެ. އޭގެތެރޭގައި ބެލެނިވެރިން ޑްރަގް ބޭނުންކުރުން، ރޯލް މޮޑެލްއެއްގެ ގޮތުގައި ދަރިންނަށް ބެލެނިވެރިންނަށް ނަމޫނާ ނުދެއްކުން، ދަރިން ކުރާ ކަންކަން ރަނގަޅަށް ބެލެނިވެރިންނަށް ނުބެލުން، އަޅާނުލުން ފަދަ ކަންކަން ހިމެނެއެވެ.

މާހައުލުގެ ސަބަބުން

ކުއްޖާ އުޅޭ މާހައުލުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭނަމަ މިކަމުގެ ސަބަބުން ކުއްޖާއަށް ނެދެވޭ އަސަރުކުރެއެވެ. އަދި ތުއްތު އުމުރުގައި މަސްތުވާތަކެތި ބޭނުންކުރަން ފަށައެވެ. އަދި މިތަކެތި ހޯދަން ފަސޭހަވެ މިކަމަށް ފުރުސަތު ހުޅުވެއެވެ.

ސައިކިއޭޓިކް ފެކްޓަރ

ނަފްސާނީ މައްސަލަތަކެއް ހުރުމަކީވެސް ޑްރަގް ބޭނުންކުރުމަށް މަގުފަހިވާ ކަމެއްކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން ޑިޕްރެޝަން ފަދަ ކަންކަން ހިމެނެއެވެ.

ރިއެކްޝަންސް
1
2
3
2
1
2
7