މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

25 ސެޕްޓެމްބަރ 2022 - 18:24

ވިސާ ނެތި ދިވެހިންނަށް މިހާރު ކިރިގިސްތާނަށްދެވޭގޮތަށް ހަމަޖައްސައިފި

މުދަލު ޒަކާތުގެ ނިޞާބު ކުޑަކޮށްފި

އިސްލާމިކް މިނިސްޓްރީން ބުނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5777.45 ރުފިޔާ ކަމަށެވެ. މިއީ 618.80 ރުފިޔާގެ ކުޑަވުމެކެވެ.

advertisement

މި އަހަރުގެ ޖޫން މަހު ކަނޑައަޅާފައިވާ ގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާއެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އަންނަ މަހު ދަތުރުތައް ފެށުމަށް މަސައްކަތްކުރަނީ

ކޮވިޑުގެ ހާލަތާ ގުޅިގެން މެދުކެނޑިފައި އޮތުމަށް ފަހު، ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަންނަ މަހު ފެށުމަށް މަސައްކަތް ކުރައްވަމުން .އަންނަކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން ވިދާޅުވެއްޖެއެވެ

އަދި، ވިސާއާ ބެހޭ އެއްބަސްވުމާއި، ކޮވިޑުގެ ހާލަތު ރަނގަޅުވުން ފަދަ ސަބަބުތަކާ ހުރެ، ކައިރި މުސްތަގުބަލެއްގައި ރާއްޖެއާ ޗައިނާއާމެދު ކުރެވޭ ދަތުރުތައް އިތުރުވާނެ ކަމަށް ލީޝިން ވިދާޅުވިއެވެ.

އެމްޕީއެލް ފްލެޓްތައް އަންނަ އަހަރު ނިމޭނެ, ފައިސާ ދެއްކުން ލުއި ކޮށްދީފި: ޝާހިދު އަލީ

ހިޔާ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިމާރާތް ކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު އެ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި މިރޭ ކުރިއަށްގެންދިޔަ ހަފުލާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މުވައްޒަފުންނަށް ފްލެޓް އެލޮކޭޓްކުރެވި ފްލެޓަށް ފައިސާ ދެއްކުމަށް ގިނަ އޮޕްޝަންތަކެއް ދީފައިވާ ކަމަށެވެ.

އެމްޕީއެލުން އިމާރާތްކުރާ ތިން ޓަވަރުގައި ހިމެނޭ 534 ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. މައިގަނޑު ޝަކުވާއަކީ ޑައުންޕޭމަންޓް ދެއްކުމަށް އެމްޕީއެލްއިން ކަނޑައެޅި އުސޫލެވެ.

އެކަމަށް މިހާރު ހައްލު ގެނެސް މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސްރީލަންކާގެ ފިޓްސްއެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން ކަމަށްވާ ‘ފިޓްސްއެއާ’ އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި، މާލެއަށް ޝެޑިއުލް ދަތުރުތައް ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ކޮންމެ ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓްކުރަން ހަމަޖެހިފައިވާ އިރު އެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެ އެއާލައިނުން ބުނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0