ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު 5ޖީބީ އެންމެ 265 ރުފިޔާއަށް!

26 ސެޕްޓެމްބަރ 2022 - 10:57

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ އައު އޮފާރއެއް ނެރެފިއެވެ. ‘ސަޅި 2 ވީކްސް’ ގެ މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ދުވާލަކު 5ޖީބީ ގެ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެއެވެ. 

ޖުމްލަ 70ޖީބީ ލިބޭ މި ‘ސަޅި 2 ވީކްސް’ އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App   ނުވަތަ 343 އަށް ‘S1GB14’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެއެވެ. 


ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު:  https://bit.ly/3xpM4WP )

ރިއެކްޝަންސް
0
0
0
0
0
0
0