ކުޅިވަރު އެތުލީޓުންނަށް ހާއްސަކޮށްފައިވާ ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ތައާރަފުކޮށްފި
27 ސެޕްޓެމްބަރ 2022 - 14:00
ކުޅިވަރު އުތުލީޓުންނަށް ހާއްސްކޮއްފައިވާ ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް ތައާރަފުކޮށްފިއެވެ.
We're delighted to announce our Sports Scholarship as part of our initiatives to celebrate the lead up to our 40th anniversary!🏅
Managed through @olympicmv, 3 fully funded scholarships will be awarded to top national athletes to train at recognized training centres worldwide. pic.twitter.com/8NZnj4tEFk— Bank of Maldives (@bankofmaldives) September 26, 2022
މި ސްޕޯޓްސް ސްކޮލާޝިޕްގެ ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމަށެވެ. އަދި އޭގެއިތުރުން ޕްރޮގްރާމުގެ ދަށުން އެތުލީޓުންނަށް ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަވުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ތަމްރީނުތަކަށް އެތުލީޓުން ހޮވުމުގައި ތަމްރީން މެނޭޖުކުރުމުގެ އިތުރުން އެހީތެރިވެދޭނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
(އެމްއޯސީ) އެވެ. ސްކޮލާޝިޕަށް އެދި ހުށަހަޅާނެ ތާރީހު އަދި އިއުލާނެއް ނުކުރެއެވެ. އެކަމަކު ސްކޮލާޝިޕަށް ނަން ހުޝައެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަން ތަކަށެވެ.
“ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ބީއެމްއެލްއިން ދަނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން. މޮޅު އެތުލީޓުންނަށް ރާއްޖޭގައާއި ބައިނަލްއަގްވާމީ ފެންވަރުގައިވެސް ކާމިޔާބީ ހާސިލްކޮށްދިނުމުގެ ބޭނުމުގައި މިއަދު ސްޕޯޓްސް ސްކޮލާޝިޕް އިއުލާން ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ މަހެއްގައިވެސް ބޭންކުން ތައާރަފުކުރަމުންދާ ހަރަކާތްތަކަކީ މުޖުތަމައަށް އެހީތެރިވުމަށާއި ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓެއްވެސްމެ.” ސްޕޯޓްސް ސްކޯލާޝިޕާ ގުޅޭގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.


