އެޗް.ޑީ.ސީ އަދި ޑެފް އެސޯސިއޭޝަން އާ ގުޅިގެން ހުޅުމާލެ ދިރިއުޅެން ފަސޭހަ ވެއްޓަކަށް ހެދުމަށް ހަރަކާތެއް ބާއްވައިފި

1 އޮކްޓޯބަރ 2022 - 11:24

އިންކްލޫސިވް ކޮމިއުނިޓީ އިން ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން، ހުޅުމާލެ އަކީ ދިރިއުޅެން ފަސޭހަ ވެއްޓަކަށް ހެދުމަށްޓަކައި ޑެފް އެސޯސިއޭޝަން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކު ވަނީ ހަރަކާތެއް ބޭއްވިފައެވެ.

މި ހަރަކާތުގައި އެޗް.ޑީ.ސީގެ މެނޭޖިންގެ ޑިރެކްޓަރ އަހުމަދު އާތިފްގެ އިތުރުން އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ހުޅުމާލޭގެ ތަރައްޤީއަށް އެޗް.ޑީ.ސީގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމުގައި މިފަދަ އެސޯސިއޭޝަންތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

އެޗް.ޑީ.ސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލެ އަކީ އެންމެނަށް ވެސް ދިރިއުޅެން ފަސޭހަ، ހިތް ފަސޭހަ ތަނަކަށް ހެދުމަށްކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0