ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރެއަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ: މެޓް އޮފީސް

1 އޮކްޓޯބަރ 2022 - 12:05

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 5 ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވުމާއި އެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވެގެން ދާނެކަމަށް ލަފާކުރެވޭކަމަށް ރާްއްޖޭގެ މޫސުމާއި ބެހޭ އިދާރާ ހާމަކޮށްފި އެވެ.

އެހެން ކަމުން، ހުރިހައި ފަރާތްތަކުންވެސް، އަދި ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރި އެވެ.

އަދި ހަމަ މި ބީދައިން، މެޓް އޮފީހުންވަނީ މިއަދު ހެނދުނު، ހއ. އަތޮޅުން ފެށިގެން މ އަތޮޅަށް ހުދު ސަމާލު ނެރިފައެވެ.

މިއީ، ގަޑިއަކު 22 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހުން، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، މި ސަރަހައްދުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0