މިއަދުން ފެށިގެން މާލޭގެ މިނީބިހުން އަގުނަގާނެ

3 އޮކްޓޯބަރ 2022 - 13:37

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ދަށުން މާލޭގައި ދެމުންގެންދާ ބަހުގެ ޚިދުމަތުން 3 އޮކްޓޯބަރ 2022 ވަނަ ދުވަހުން ފެށިގެން، އަގުނަގާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ޚިދުމަތަށް ކަނޑައަޅާފައިވާ އަގަކީ -/7 ރުފިޔާއެވެ. މާލެ ސަރަޙައްދުގައި އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ދޭ 3 ރޫޓު ކަމުގައިވާ، (ރޫޓް 10 – އޯކިޑް ރޫޓް، ރޫޓް 11 – އަމީނީ ރޫޓް، ރޫޓް 12- ސޯސަން ރޫޓް) އިން، ނަގާނީ އެއް އަގެކެވެ. އާރް.ޓީ.އެލް. ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިޔު. އާރް ޓިކެޓް ނަންގަވައިގެން، ނުވަތަ ބަހުން ކަރުދާސް ޓިކެޓް ބައްލަވައިގަނެގެން ދަތުރުކުރުމުގެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖެހިފައެވެ.

ކިޔު.އާރް. ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ވީޑިއޯ އަޅުގަނޑުމެންގެ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލުންނާއި، މީސް މީޑިއާގެ މަންސަތަކުގައި ޝާޢިޢު ކުރެވިފައި ވާނެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެއްވޭނެއެވެ.

ކިޔު.އާރް. ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުއްވުމަށްފަހު، ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއަށް ދައްކަވައިގެން ސްކޭންކޮށްލައްވަން ޖެހޭނެއެވެ.

އައިއޯއެސް – އާރް.ޓީ.އެލް. އެޕް: https://apps.apple.com/in/app/rtl-travel-app/id1605778705

އެންޑުރޮއިޑް – އާރް.ޓީ.އެލް. އެޕް: https://play.google.com/store/apps/details?id=com.scsoft.maldivesrtl

ވެބްސައިޓް: https://www.rtl.mv/

މިގޮތަށް އެއްފަހަރާ ޓިކެޓް ބައްލަވައިގަތުމުން ގިނަ ދަތުރުތައް ކުރައްވާ ބޭފުޅުންނަށް ކޮންމެ ފަހަރަކު ޓިކެޓް ނެގުމަށް ހޭދަވާ ވަގުތު ސަލަމާތްކުރެވޭނެއެވެ. އަދި ބަހުގެ ދަތުރު އެއް ކިޔު.އާރް ކޯޑުން ހަމަޖޭހޭގޮތައްވެސް ޓިކެޓް ބައްލަވައިގަނެވޭނެއެވެ.

ކަރުދާސް ޓިކެޓް ބައްލަވައިގަތުން ހަމަޖެހިފައިވަނީ ބަސް ތެރެއިންނެވެ. ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ބައްލަވައިގެންނެވޭނެ އިންތިޒާމް ހަމަޖެހިފައެއް ނުހުންނާނެއެވެ. ބައްލަވައިގަންނަވާ ބަސް ޓިކެޓުގެ ފައިސާ ލުމަށް ހާއްސަ ފޮއްޓެއް، ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެއެވެ.

ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓުގެ ފައިސާއަށް ހަރަދުވާ -/7 ރުފިޔާ ހަމަވާނެހެން ފައިސާ ގެންނެވުމަށް ދަންނަވަމެވެ.

ރިއެކްޝަންސް
0
1
0
0
0
0
0