ރާއްޖޭގެ އެކި ވިޔަފާރިތައް އެއް ތަނަކަށް ޖަމާކޮށް، ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ 2022 ފަށައިފި

5 އޮކްޓޯބަރ 2022 - 13:00

ރާއްޖޭގެ އެކި ވިޔަފާރިތައް އެއް ތަނަކަށް ޖަމާކޮށް، ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ 2022 އިއްޔެ ފަށައިފި އެވެ. މި އެކްސްޕޯ މިއަދުވެސް މެންދުރު 2އުން ރޭގަނޑު 10 ޖަހާއިރަށް ކުރިއަށްދާނެ އެވެ.

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ ބިޒްނަސް ނެޓްވޯކިން އަދި ޓްރޭޑް ޝޯއެކެވެ.

advertisement

މި އެކްސްޕޯ ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް އެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މި އެކްސްޕޯގެ ތެރެއިން ވިޔަފާރިތަކަށާއި މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކަށް ކޯޕަރޭޓް މޯލްޑިވްސް “ނެޓްވޯކް” ގެ ތެރެއިން ބައްދަލުވުންތައް ޝެޑިއުލްކޮށް ބޭއްވޭނެއެވެ.

މިއީ އޮންލައިން ބީޓުބީ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް އެމީހުން ބޭނުންވާ އޯޑިއަންސްއާއި ދިމާވާނެކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ.

ވިޔަފާރިއާއި ބެހޭ ތިން ސަމިޓެއްވެސް އޮންނާނެ

ބިޒްނަސް އެކްސްޕޯ 2022ގައި ތިން ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް މާކެޓިއަރސް ފޯރަމް، މޯލްޑިވްސް ވިމަންސް ސަމިޓް، އަދި މޯލްޑިވްސް އަންޓްރަޕްރަނާރސް ސަމިޓް ހިމެނެ އެވެ.

މޯލްޑިވްސް މާކެޓިއަރސް ފޯރަމްވަނީ އިއްޔެ ނިމިފައި އެވެ. އަދި ބާކީ އިން 2 ފޯރަމް މިއަދު ކުރިއަށް ދާނެ އެވެ.

މި ސަމިޓްގެ ތެރެއިން ވިޔަފާރިތަކަށް ދިމާވާ ދަތިތަކާއި އެކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0