މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
11 އޮކްޓޯބަރ 2022 - 15:47
މީރާއަށް މިދިޔެ މަހު ލިބުނީ 1.4 ބިލިއަން ރުފިޔާ
މޯލްޑިވްސް އިނލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮރުގައި 1.41 ބިލިއަން ރުފިޔާ ލިބިއްގެއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 29 އިންސައްތަ ދަށް އަދަދެކެވެ.
‘ޔަންގް ޕީޕަލްސް އޮރިއެންޓޭޝަން އޮން ކްލައިމެޓް އެކްޝަން’ ޕްރީ #COP27 އިވެންޓް މިއަދު ޔުނިސެފް މޯލްޑިވްސްއާއެކު ބާއްވައިފި
‘Young People’s Orientation on Climate Action’ Pre-#COP27 event was held today with partners @UNICEFMaldives @UNMaldives
Minister of State Khadeeja Naseem opened the event & encouraged young people to use the platform to discuss climate issues and raise their concerns pic.twitter.com/KYPXkbPzKq— Min. of Environment, Climate Change and Technology (@MoEnvmv) October 11, 2022
މިނިސްޓަރ އޮފް ސްޓޭޓް ޚަދީޖާ ނަސީމް މި އިވެންޓް ހުޅުއްވައިދެއްވައި & މޫސުމާބެހޭ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށް ކަންބޮޑުވުންތައް ފާޅުކުރުމަށް ޒުވާނުން ޕްލެޓްފޯމް ބޭނުން ކުރުމަށް ހިތްވަރު ދެއްވިއެވެ.
މެޓް އޮފީހުން ދެކުނުގެ އެޓޯލް ތަކަށް ވައިޓް އެލާޓް ނެރެފި
Alert white for heavy rain pic.twitter.com/CU0ewe0G1D— Maldives Meteorology (@MetMaldives) October 11, 2022
ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ. އަދި މިއަދުގެ ހެނދުނު 7:45 އިން މެންދުރު 13:00 އާ ހަމައަށް މޫސުން ގޯސްވާނެއެވެ.
މަހްރަމަކާ ނުލައި މިހާރު އަންހެނުންނަށް ހައްގުވެވޭނެ
ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ އަންހެނުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަހުރަމަކާއި ނުލައި ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ނިންމައިފި އެވެ. ސައުދީގެ ހައްޖާއި އުމުރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ ސައުދީގެ މި ނިންމުން ހާމަކުރެއްވީ މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
ވ. އަޔޮޅުގައި ރާއްޖޭގެ ފުރަތަމަ ޕްލޯޓިން ރިސޯޓި ތަރައްޤީކުރަނީ
މި އެއްބަސްވުމުގައި ލެވިނީ ހޮޓެލްސް މޯލްޑިވްސް އާ އެކު ވ. އަޔޮޅުގެ ކައުންސިލުން ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ވ. އަޔޮޅު ކައުންސިލުގެ ރައީސް ޢަލީ ސުޖާއާއި ލެވިނީ ހޮޓެލްސް މޯލްޑިވްސްގެ ނައިބު ރައީސް ޑރ. ވަރިސާ ލިމްސަކުލްއާއި މެނޭޖިން ޑިރެކްޓަރު އަބްދުالله ރަޝީދެވެ.


