މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

22 އޮކްޓޯބަރ 2022 - 17:00

ތާޖުއްދީން ސްކޫލުގައި “ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް: ދަ ލީޑަރ އިން މީ” އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ޤައުމުގެ ޒުވާނުން އެ ޤައުމެއްގެ ތަރައްޤީއަށް ބޭނުންވާ މިންވަރު ހާމަވާކަމަށާއި, މިއަދު ކުދިން ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ, ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ކުދިބަޔަކަށް ވުމަށް ވިދާޅުވިއެވެ.

advertisement

ޑެންގީ އިޖާބަ ހުޅުމާލޭގައި އެޗްޑީސީން ކުރިއަށް ގެންދިޔަ ހަރަކާތް

އެޗްޑީސީން ހުޅުމާލޭގައި “ޑެންގީ އިޖާބަ”ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތައް ފެށީ ހެނދުނު 7:00ގައެވެ. ޑެންގީ ހުން އިތުރުވަމުން އަންނަ ދުވަސްވަރަކަށް ވާތީ, މަދިރި އާލާވާގޮތަށް ހުރި ބޮޑެތި ތަންތަން ދެނެގަނެފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޅ.ކުރެންދޫގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވުން

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، ޅ.ކުރެންދޫގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފިއެވެ.

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމެއް ލ. އަތޮޅުގެ ފަށައިފި

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމަށް މިނިސްޓްރީން ހިންގާ ޕްރޮގްރާމް މިއަދު ލ. އަތޮޅުގެ ތިން ސަރަހައްދެއްގައި ވަނީ ފަށާފައެވެ.

މަރުކަޒުގެ މުވައްޒަފުން ޒިޔާރަތް ސާފުކޮށް ކުލަ ލުމުގެ ހަރަކާތެއް

މި މަރުކަޒުން އިސްނަގައިގެން މަރުކަޒުގެ މުވައްޒަފުން ނުކުމެ މެދު ޒިޔާރަތް ސާފުކޮށް ކުލަ ލުމުގެ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށްގެންދެވުނެވެ. މި ހަރަކާތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0