މިއަންނަ އަހަރުގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކަށް 93 މިލިއަން ރުފިޔާ

26 އޮކްޓޯބަރ 2022 - 16:10

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ އެކި ބައިތަކަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ގެނެސްފައިވާ ބަދަލުތަކާއެކު، ޖުމްލަ 1،750،052 (އެއް މިލިއަން ހަތްލައްކަ ފަންސާސްހާސް ފަންސާސް ދޭއް) ރުފިޔާ (2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ 2 އިންސައްތަ) އުނިކުރުމަށް ކޮމިޓީން ނިންމައި ފާސްކޮށްފި އެވެ.

މިއަދު މި ފާސްކުރި ބަޖެޓުގައި ހިމެނެނީ 93،400،00 ރުފިޔާ، އަދި ލަފާކުރި ބަޖެޓުގައިވަނީ 95،150،052 ރުފިޔާ އެވެ.

advertisement

ކޮމިޓީން އެންމެ ބޮޑަށް އުނިކޮށްފައިވަނީ ތަމްރީން ކުރުމަށް ކުރެވޭ ހަރަދުންނެވެ. ހުށަހަޅާފައިވާ ތަމްރީންގެ ހަރަދުގެ 42 އިންސައްތަވަނީ ކޮމިޓީން އުނިކޮށްފައި އެވެ.

ކޮމިޓީގެ ނިންމުން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި 61،000،000 ރުފިޔާކަމަށާއި، އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައ 32،400،000 ތރުފިޔާކަމުގައި ކަނޑައަޅުއްވައި، 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލހުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރާ މުޅި ޖުމްލަ ބަޖެޓްގެ ޢަދަދަކީ 93،400،00 ރުފިޔާކަމަށް ކޮމިޓީން ނިންމިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0