ދިވެހި ރިސޯޓު އިންވެސްޓަރުންނަށް ސޮވެރެންގ ގެރެންޓީދޭން ޖާގަ ދެވެން ޖެހޭނެ: މިނިސްޓަރު

1 ނޮވެމްބަރ 2022 - 11:06

ސޮވެރެންގ ގެރެންޓީދީގެން ނަމަވެސް ޓުއަރިޒަމް ޕްރޮޑަކްޓްތައް ދެމެހެއްޓުމަށްޓަކައި ދިވެހީންނަށް ޖާގަދޭން ޖެހޭ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

“ސޮވެރެންގ ގެރެންޓީއަކީ އަޅުގަނޑު ހިތުން ހަމަ ބަހުސްކޮށްލަން ރަނގަޅު މައުލޫއެއް. ސޮވެރެންގ ގެރެންޓީދީގެން ނަމަވެސް ޓުއަރިޒަމް ޕްރޮޑަކްޓްތައް އައިސް، ރާއްޖެ މިހާރު…އަޅުގަނޑުމެން މިއޮތީ ދެފަހަރު ވޯލްޑް ޓްރެވެލް އެވޯޑްސްގައި އެންމެ މަގުބޫލް މަންޒިލްގެ މަގާމް ހޯދިފައި. އެކަންތައް ދެމެހެއްޓުމަށްޓަކައި ދިވެހިންނަށް އަޅުގަނޑުމެން ޖާގަ ދޭން ޖެހޭ.”

advertisement

މިނިސްޓަރ މިހެން ވިދާޅުވީ ކާށިދޫގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެމުންނެވެ.

މެންބަރު ޖާބިރުގެ ސުވާލު

“މިނިސްޓަރު ވިސްނަވަންތޯ ބިން ވިއްކަން؟ ނުވަތަ ބިންވެރިކުރަން ރިސޯޓު އިންވެސްޓަރުން. ބެންކުން ފައިސާނަގަން ދައްޗެއް އެބަ އޮތޭ، އެއީ…ލީސްގައޭ މި ތިބެނީ. އެހެންވީމާ ސަރުކާރުން ސަން ޓްރެވެލް ޝިޔާމަށްދިންހެން ސޮވެރެން ގެރެންޓީ އެހެން ތަންތަނަށް ދޭން ނިންމަންތޯ ނުނިންމަންތޯ؟،” މެންބަރު ޖާބިރު އެއްސެވެ.

އަދި އިތުރަށް ވާހަކަ ދައްކަވަމުން ޖާބިރު އެއްސެވީ އިންވެސްޓަރުން ހިމާޔަތްކުރަން ކޮން މަސައްކަތެއްތޯ މިނިސްޓްރީއަށް ކުރެވެނީ، “ދުއްތުރާ ކުރާ މިނިސްޓްރީއެއް ގޮތުގައިތޯ މިނިސްޓްރީ އޮންނަން ޖެހެނީ؟ މިނިސްޓްރީއަކާ ނުވެސް ގުޅޭ، މިނިސްޓްރީން ލިބެން ޖެހޭ ކޯޕަރޭޝަން ނުލިބޭ. މިނިސްޓްރީން ހުއްޓުވާފައި ހުރި ޕްރޮޖެކްޓްތަކަށް ބަދަލު ކީއްވެގެން ހޭ ނުދެވިގެން ތިއުޅެނީ؟ އެހެން ވެގެންނޭ އިންޑަސްޓްރީ ކުރިނައަރައިގެން މިއުޅެނީ.”

މިނިސްޓަރު މައުސޫމް މިއަދު މަޖިލީހަށް ހާޒިރު ކުރެވިފައިވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ކުރައްވާ ސުވާލަކަށް ޖަވާބުދާރި ކުރުވުމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
1