މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

6 ނޮވެމްބަރ 2022 - 16:08

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިއަށް ގެންދާ ރިސްޓޯރޭޓިވް ޖަސްޓިސް، ރިސްޓޯރޭޓިވް ޕްރެކްޓިސް އާއި ބެހޭ ތަމްރީނެއް ބާއްވައިފި

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މޯލްޑިވްސްގައި ތިބި ސީއެސްއޯތަކަށް ރިސްޓޯރޭޓިވް ޖަސްޓިސް، ރިސްޓޯރޭޓިވް ޕްރެކްޓިސް އާއި ބެހޭ ތަމްރީނެއް ކުރިއަށް ގެންދާއެވެ. އެގޮތުން ރިސްޓޯރޭޓިވް ޖަސްޓިސް އަކީ ކޮބައިކަން ފާހަގަކޮށް މުޖުތަމައުގެ ތަރައްގީގެ އެކި ހާލަތްތަކުގައި ރިސްޓޯރޭޓިވް ޕްރެކްޓިސްތައް އަމަލުކުރެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

advertisement

ޒުވާނުންގޭ ދިސާ މިއަދު ފަރުކޮޅުފުށީގައި ފަށައިފި

ޒުވާނުންގޭ ދިސާ މިއަދު ފަރުކޮޅުފުށީގައި ފަށައިފި އެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ނަތީޖާ ނެރެދޭ ފިލާވަޅުތަކެއް ގެއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރަމެވެ.

ޒަކާތު ނަފާ ފަންޑުން އާއިލާ އަކަށް 150،000 ރުފިޔާ

އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމް މެނޭޖްކޮށް ތަންފީޒުކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ..

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުން

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ފެށިއްޖެއެވެ. މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތެވެ.

މުލަކަތޮޅުގެ ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މުލަކަތޮޅުގެ ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ނެގާއި އިންވެސްޓްމަންޓް އާއެކު ވަނީ ސޮއިކުރެވފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0