އެޗް.ޑީ.ސީއިން އެމް.އައި.ޓީ އާއި ގުޅިގެން ހިލޭ ޕްރޮގްރާމްތަކެއް ހިންގަނީ
9 ނޮވެމްބަރ 2022 - 9:43
މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީއާއި އެޗްޑީސީއާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
Our goals for smart city includes creating smart people through education and empowerment of the community in various aspects.
As such our partnership with @mitmaldives will facilitate training and skill development programs for women, youth and persons with disabilities. pic.twitter.com/Maj7rp0VqY— HDC (@hdcmaldives) November 8, 2022
މި އެމްއޯޔޫގެ މައިގަޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމެވެ. އަދި މިކަމަކީ އެޗްޑީސީއިން ހާއްސަ އެހީއަށް ބޭނުންވާފަރާތްތަކާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި އެފަރާތްތަކުން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމެކެވެ. އެޗްޑީސީގެ އަމާޒަކީ މިފަދަ ސްކިލް ޑިވިލޮޕްމަންޓް ޕްރޮގްރާމްތަކުން މިފަދަ ފަރާތްތައް ބާރުވެރިކުރުވާ މަސައްކަތުގެ މާހައުލަށް އަހްލުވެރިބަޔެއްގެ ގޮތުގައިބިނާ ކުރުމެވެ.
މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް އަމާޒުކުރެވިގެން އަހަރަކު 2 ޕްރޮގްރާމްކުރިޔަށް ގެންދިއުމަށް ރާވާފައިވެއެވެ. އެގޮތުން، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އުފެއްދުންތެރިކުމުގެ ދާއިރާއިން ތަފާތު ދެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
އެޗްޑީސީއިންވަނީ މި އަހަރުތެރޭގައި މިފަދަ ތަފާތު ޕްރޮގްރާމްތަކެއް ހިންގާފައެވެ. އެގޮތުން، އެޕްރެންޓިސް ޕްރޮގްރާމާއި ވޮލީ ކޭމްޕު އަދި ޒުވާނުންގެ ދިސާގެ ނަމުގައިވެސް ޕޮރްގްރާމެއް ހިންގާފައިވެއެވެ. މީގެ އިތުރުންވެސް ތަފާތު އެކި ޕްރޮގުރާމުތަކެއް ވަނީ އެޗްޑީސީއިން ހިންގާފައެވެ.


