މިދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ދިމާވި އެންމެ ބޮޑު އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވި އަހަރުތަކެއް: މިނިސްޓަރު

9 ނޮވެމްބަރ 2022 - 10:31

މިއަދު މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މިދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ދިމާވި އެންމެ ބޮޑު އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިވި ހަތަރު އަހަރުތައް ކަމެވެ. އަދި އެކަން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 އާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހިމެނޭކަމަށްވެސް މިނިސްޓަރު ބަޔާންކުރި އެވެ.

“މިކަންތައްތަކާއި އެކުވެސް…ރާއްޖޭގެ ހަމަ އެންމެ އުތުރުން ފެށިގެންވެސް ރާއްޖޭގެ ދެކުނަށް އަޅުގަނޑުމެން ހަމަ ހުރިހާ ރަށެއްގައިހެން ބޭސިކް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސް އެބަ ކުރިއަށް ގެންދަން،” މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވި އެވެ.

advertisement

އަދި ހަމަ އެހެންމެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާނެކަން މިނިސްޓަރު ފާހަގަ ކުރި އެވެ.

މިނިސްޓަރުގެ ވާހަކައިގާ އިތުރަށް ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އިންފްރާސްޓްރަކްޗަރ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޮޑެތި މަޝްރޫއުތައް ރޭވިފައިވާނެކަމަށެވެ. އޭގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމާއި، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމާއި، ތިލަ-މާލެ ބްރިޖާއި، ރާއްޖޭގެ ކޮމާޝަލް ޕޯޓު ބަދަލުކުރުން ހިމެނެ އެވެ.

“މިހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ 6 ބިލިއަން ޑޮލަރުގެ އިގްތިސާދު އިތުރު ތިންގުނައަށް އިތުރުވެގެންދާނެ މަސައްކަތްތަކެއްކަން އަޅުގަނޑު ފާހަގަކުރަން.”

ރިއެކްޝަންސް
0
1
0
0
0
0
0