މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
14 ނޮވެމްބަރ 2022 - 17:37
ރިވެލި މަޢުރަޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައި ދެއްވައިފި
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ “ރިވެލި މަޢުރަޒު 2022” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފިއެވެ.
ސްޓޭޓް މިނިސްޓަރ ދެކުނު ކޮރިއާގެ ފޮރިން މިނިސްޓަރުގެ ހާއްސަ މަންދޫބާ ބައްދަލުކުރައްވައިފި
State Minister Khaleel met with Amb Han Dongman, Special Envoy of @FMParkJin today.
The Envoy and State Minister discussed measures to enhance development cooperation and people-to-people ties between 🇲🇻-🇰🇷 pic.twitter.com/crtCluuOtZ— Ministry of Foreign Affairs 🇲🇻 (@MoFAmv) November 14, 2022
ސްޓޭޓް މިނިސްޓަރ ހަލީލާއި ހާއްސް މަންދޫބު ހަން ޑޮންގްމަން މަޝްވަރާ ކުރެއްވީ ދިވެހިރާއްޖެއާއި ދެކުނު ކޮރިއާގެ ތަރައްގީގެ އެއްބާރުލުން އިތުރުކުރުމާއި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރުކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ.
ޓެކްސް ބިލަށް ވޯޓަށް ނާހައި މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލައިފި
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެދި ސިރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާގައިވާ ބިލަށް ވޯޓަށް ނާހައި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
State Minister Khaleel met with Amb Han Dongman, Special Envoy of @FMParkJin today.
The Envoy and State Minister discussed measures to enhance development cooperation and people-to-people ties between 🇲🇻-🇰🇷 pic.twitter.com/crtCluuOtZ— Ministry of Foreign Affairs 🇲🇻 (@MoFAmv) November 14, 2022
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދީފައި ވަނީ މިދިޔަ ހަފްތާގައި އަލިފާން ރޯވި މ. ނިރުފެހިގޭގެ ހާދިސާއާ ބެހޭގޮތުންނެވެ. އެ ގަރާޖްގެ އިމާރާރުގައި 26 މީހަކު ދިރިއުޅެމުން ދިޔައެވެ. ފަރުވާދެމުން ދިޔަ އެކަކު މަރުވެ, އިތުރު މީހަކަށް މިހާރުވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މޯލްޑިވްސް އަށް އަލަށް އައްޔަން ކުރެއްވި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރަކަށް ފޮރިން މިނިސްޓަރު ޝާހިދަށް ގޮވާލައްވައިފި
State Minister Khaleel met with Amb Han Dongman, Special Envoy of @FMParkJin today.
The Envoy and State Minister discussed measures to enhance development cooperation and people-to-people ties between 🇲🇻-🇰🇷 pic.twitter.com/crtCluuOtZ— Ministry of Foreign Affairs 🇲🇻 (@MoFAmv) November 14, 2022
އޮސްޓްރޭލިއާގެ މޯލްޑިވްސް އަށް އަލަށް އައްޔަން ކުރެއްވި ހައިކޮމިޝަނަރު ޕޯލް ސްޓެފަންސް މިއަދު މެންދުރު ފަހު މޯލްޑިވްސްގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.


