ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ޙިދުމަތް ޅ.އަތޮޅުގައި ރަސްމީކޮށް ފަށައިފި

17 ނޮވެމްބަރ 2022 - 13:10

ދިވެހިރާއްޖޭގެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި “ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޙިދުމަތް” މިއަދު ރަސްމީކޮށް ވަނީ ފަށާފައެވެ.

އެގޮތުން މިއަދުން ފެށިގެން 20 ނޮވެމްބަރ އަށް ކުރިއަށް ދާނީ ސްޕީޑް ފެރީ ތަކުގެ ޓެކްނިކަލް ދަތުރުތަކެވެ. ޓެކްނިކަލް ދަތުރުތައް ކުރާ މުއްދަތުގައި އެއްވެސް ކަސްޓަމަރެއް ސްޕީޑް ފެރީތަކަށް އެރުވުމަށް ހަމަޖެހިފައި ނުވާކަމަށް އެމްޓީސީސީ އިން ބުނެއެވެ. ނަމަވެސް 21 ނޮވެމްބަރ އިން ފެށިގެން އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދޭން ހަމަޖެހިފައިވަނީ މުޅިން ހިލޭއެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާގައި މުއްދަތުގެ މައިގަނޑު މަޤްޝަދަކީ ކަސްޓަމަރުން ފެރީގެ ޝެޑިއުލް އަށް އަހުލުވެރިކޮށް، މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފެރުސަތު ދިނުމާއި، ކަސްޓްމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުމެވެ. މި މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދޭނީ ރަށު ކައުންސިލް އަށް ގުޅައިގެންނެވެ.

advertisement

ރާއްޖެ ޓްރާންސްޕޯޓް ލިންކު ފެރީގެ ޚިދުމަތް ޒޯން 2 ގެ ޅ. އަތޮޅުގައި އަގުނަގައިގެން ފެށުމަށް ހަމަޖެހިފައިވަނީ 28 ނޮވެމްބަރ 2022 ވަނަ ދުވަހުއެވެ. ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެވެ. އަދި 24 ނޮވެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރަންވާނީ  އެމްޓީސީސީ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕެވެ. ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެގޮތުގެ ވީޑިއޯ އާރް.ޓީ.އެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ޝާޢިޢު ކުރެވިފައިވާނެއެވެ. އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ރަސްމީކޮށް އަގުނަގައިގެން ޙިދުމަތް ދޭން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ.

ޒޯން 2 ގެ ޅ.އަތޮޅުގެ އާރް.ޓީ. އެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، 2 އާރް.ޓީ.އެލް. ސްޕީޑް ފެރީ މެދުވެރިކޮށް 3 ރޫޓަކުން ދުއްވާނެއެވެ. އާރް.ޓީ.އެލް ޚިދުމަތް ކަސްޓަމަރުންނަށް ދެވެން ފެށުމާއެކު، އާރް.ޓީ.އެލް ފެރީ ޚިދުމަތުގެ ރޫޓް މެޕް އަދި ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓް އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. އަދި ޚިދުމަތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ ހޮޓްލައިން 1650 އަށް ގުޅޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0