އުރީދޫ ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު 30 ނޮވެމްބަރާއި ހަމައަށް ހުޅުވާލައިފި!
20 ނޮވެމްބަރ 2022 - 10:10
ގިނަ އަދަދެއްގެ ރިކުއެސްޓް އާއި އެކު އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު 30 ނޮވެމްބަރަ އާއި ހަމައަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާރސް ޕްލެޓްފޯމް http://ore.do/funrunkit މެދުވެރިކޮށެވެ.
Due to an overwhelming number of requests, we have decided to reopen our registrations for #OoredooFunRun, till 30th November 2022!
Last chance to grab a slot in the Happiest 5K run in the Maldives!
Order your run kit now at: https://t.co/JvZVisTXmB pic.twitter.com/9dBPpe13h5— Ooredoo Maldives (@OoredooMaldives) November 19, 2022
6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ޑިސެމްބަރު 2022 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ.
މި ދުވުމުގައި ބައިވެރިވުމަށް http://ore.do/funrunkit މެދުވެރިކޮށް ރެޖިސްޓަރ ކުރައްވާށެވެ.
ދުވުމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ooredoo.mv އަދި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކޮށްލައްވާށެވެ.


