މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

20 ނޮވެމްބަރ 2022 - 16:32

އެޑިޔުކޭޝަން މިނިސްޓަރ ނ. ކެނދިކުޅުދޫ ސްކޫލަށް ޒިޔާރަތްކުރައްވައިފި

ނ. ކެނދިކުޅުދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އައިޝަތު އަލީ އެ ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ ރަށު ސްކޫލަށް ދިމާވެފައިވާ ދަތިތައް ޙިއްޞާކޮށް، އެ ކަންކަން ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

advertisement

ޒިންމާ ގެ ނަމުގައި ވިލުފުށީގައި ސެޝަނެއް ކުރިއަށް ގެންގޮސްފި

ވިލުފުށީ ސުކޫލް ގެ ގްރޭޑް 5،6،7 ގެ މުދައްރިސުންނާއި ބެލެނިވެރިންނަށް ހައްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނަކައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.  މި ސެޝަންގައި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ދަރިންގެ އުޅުން ރަނގަޅު ކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު  ހިއްސާކޮށްފައިވެއެވެ.

އޭޝިއާ ސަރަހައްދުގެ ޑައިވް ބްރޭންޑްގެ ވަރޝަނެއް ރާއްޖޭގައި ބާއްވަނީ

ރާއްޖޭގައި ބާއްވާ ފުރަތަމަ “އެޑެކްސް މޯލްޑިވްސް” އެކްސްޕޯ އޮންނާނީ އަންނަ އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯއާއިއެކު މާރޗް މަހުގެ 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ނ.މަނަދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނ.މަނަދޫގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. ނ.މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެދިލެއްވުމަކަށް  އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ 35 ފަރާތެއް ބައިވެރިވިއެވެ.

އެންޑީއޭގެ ސީއީއޯ ގުޅީފަޅުގައި ހުރި މަރުކަޒަށް މިއަދު ވަޑައިގަންނަވައިފި

އެންޑީއޭގެ ސީއީއޯ  އިމާދު ސޯލިހު ގުޅީފަޅުގައި ހުރި މަރުކަޒަށް މިއަދު ވަޑައިގަންނަވައިފިއެވެ. ކްލަޔަންޓުންނާ ބައްދަލު ކުރައްވާ އެބޭފުޅުންގެ ޝަކުވާ އަޑުއައްސަވާ، ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ..

ރިއެކްޝަންސް
0
0
0
0
0
0
0