ދިރާގުޓީވީއިން ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ މެޗުތައް ބަލާލެވޭނެ!
22 ނޮވެމްބަރ 2022 - 9:46
ގިނަ ބަޔަކު އިންތިޒާރު ކުރާ ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ ހުރިހާ މެޗުތަކެއް ދިރާގުޓީވީގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ލައިވްކޮށް ބަލާލެވޭނެއެވެ!
We're excited to announce that @dhiraagu_tv customers will be able to watch all the FIFA World Cup Qatar 2022™️ matches!
Catch all the ⚽ action LIVE on @yestvmaldives and @Raajje_tv. pic.twitter.com/1vhvUS8yMO— Dhiraagu (@Dhiraagu) November 20, 2022
މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޔެސް ޓީވީ (ޗެނަލް 8) އަދި ރާއްޖެޓީވީން (ޗެނަލް 6) އެޗް.ޑީކޮށް ވޯލްޑް ކަޕްގެ މެޗުތައް ދިރާގުޓީވީ ފެންނާނެއެވެ.
ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގެ ކޮންޓެންޓް ރައިޓްސް ދިރާގަށް ލިބިފައިވާ ގޮތުން މިމެޗުތައް ދިރާގުޕްލޭ މޮބައިލް އެޕްލިކޭޝަނުން ނުފެންނާނެއެވެ.
ދިރާގުގެ އަމާޒަކީ މިއަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޓީވީގެ ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމެވެ.


