ކޯޕަރޭޓް މޯލްޑިވްސްގެ “ގޯލްޑް 100 ގާލާ” މާދަމާ ބާއްވަނީ

28 ނޮވެމްބަރ 2022 - 10:35

ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު ވިޔަފާރި އެވޯޑް، “ގޯލްޑް 100 ގާލާ” ގެ ހަވަނަ އެވޯޑް ހަފްލާ މިމަހުގެ 29 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. ކޯޕަރޭޓް މޯލްޑިވްސްގެ މި އެވޯޑް ހަފްލާ އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރާއްޖޭގެ އެންމެ ގަދަ 100 ކުންފުނީގެ ކާމިޔާބު ފާހަނގަކުރާ މި ހަފްލާގައި ބައިވެރިވެވޭނީ ހަމަ އެކަނި ކޯޕަރޭޓް މޯލްޑިވްސްއިން ދައުވަތު ފޮނުވާ ފަރާތްތަކަށެވެ. މިއީ ހިތްގައިމު މާހައުލަކުން އެންމެން އެކީ ބައްދަލުވެލާ ގުޅުން ބަދަހިކުރުމަށް ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތެކެވެ. ކުންފުނިތަކުގެ ޗެއާމަނުންނާއި، މެނޭޖިންޑިރެކްޓަރުންނާއި، ސީއީއޯ އަދި ކުންފުނިތަކުގެ މުހިންމު ނިންމުންތައް ނިންމާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިހަފްލާގައި ބައިވެރިވާނެއެވެ.

advertisement

މިހަފްލާގައި “ގޯލްޑް 100” މެގަޒިން އިފްތިތާހުކުރުމާއި އަދި އެންމެ ގަދަ 100 ކުންފުންޏަށް އެވޯޑް ދިނުން އޮންނާނެއެވެ. “ގޯލްޑް 100” އަކީ ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ނެރޭ ރާއްޖޭގެ އެންމެ ކާމިޔާބު 100 ވިޔަފާރި ކުންފުނީގެ ލިސްޓެކެވެ. މި ލިސްޓުގައި ވިޔަފާރިތައް ރޭންކު ކޮށްފައި ނުވާ ނަމަވެސް، ދެފުށްފެންނަ މިނިވަން މަރުހަލާތަކެއްގެ ތެރެއިން ހޮވާލެވޭ މި 100 ކުންފުންޏަކީ ރާއްޖޭގައިވާ ލީޑިންގ 100 ކުންފުންޏެވެ.

ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތައްކޮށް، ވިޔަފާރި މައިދާނުގައި ކާމިޔާބާއި ކުރިއެރުން ހޯދާފައިވާ އަދި މުޖުތަމައުއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތަކަށް “ލައިފްޓައިމް އެޗީވްމަންޓް އެވޯޑް” ދިނުންވެސް މި ހަފްލާގައި އޮންނާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
1