އުރީދޫން މުޅި އަހަރަށް ޖުމްލަ 365 ޖީބީގެ ޑޭޓާ!
5 ޖެނުއަރީ 2023 - 9:36
އުރީދޫ މޯލްޑިވްސް އިން 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފިއެވެ.
Enjoy Prepaid Aharee Plan with 1GB/Day for the whole year!
Plan ahead and enjoy 365GB Data of uninterrupted internet without worry for just MVR3000.
Activate 👉 https://t.co/jStb2HPfik pic.twitter.com/fJhnRPWG8F— Ooredoo Maldives (@OoredooMaldives) January 2, 2023
ދިގު މުއްދަތަށް ބޭނުންކުރެވޭ މި ޕްރީޕެއިޑް ޕްލޭން – “އަހަރީ ޕްލޭން” ނަންގަވާ ފަރާތްތަކަށް އެންމެ 3000 ރުފިޔާއަށް 1 ޖީބީ ޑެއިލީ ޑޭޓާ، ޖުމްލަ 365 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ
“އަހަރީ ޕްލޭން” ފަރުމާކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން ބައްލަވައިގަނެވޭނެއެވެ.
އަހަރީ ޕްލޭން އެކްޓިވޭޓް ކުރުމަށް:
- އުރީދޫ އެޕް http://ore.do/app އަށް ޒިޔާރާތްކުރައްވާ،
- UD365 ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސް ކުރައްވާ، ނުވަތަ
- 1#*929* އަށް ޑައަލް ކުރައްވާ
އުރީދޫއަށް އަލަށް ގުޅިވަޑައިގަންނަވައި ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ އުރީދޫ ޕާޓްނަރ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެއެވެ.


