މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

5 ޖެނުއަރީ 2023 - 16:50

ސިޓީ ކައުންސިލާއި ވެމްކޯ އިން މަޝްވަރާ އަށް

މި މަޝްވަރާތައް ކުރިއަށް ގެންދަނީ އެންވަރަމެންޓް މިނސިްޓްރީގެ ފަރާތުނެވެ. އީޕީއޭ އާއި އެޗްޕީއޭ އިން ބައިވެރިވި މި ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވެސް ބައިވެރިވި އެވެ.  

advertisement

ރައީސުލްޖުމްހޫރިއްޔާ ރ.އަލިފުށީ ކައުންސިލާ އ.ތ.މ ކޮމިޓީ އާއި ބައްދަލު ކުރައްވައިފި

ރައީސް ޞާލިޙް ރ. އަލިފުށީ ކައުންސިލާ އަންހެނުންގެ ކޮމިޓީ އާއި ބައްދަލުކުރައްވައި ރަށުގެ މަޝްރޫޢުތަކާއި މެދު ރައްޔިތުންނާއި އެކު މަޝްވަރާކުރައްވައިފި އެވެ. މިއަދު މެންދުރު ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސް އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފުދުގައި ހިމެނޭ އިސްބޭފުޅުންވެސް ބައިވެރިވި އެވެ.

ރ. އަލިފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ރަސްމީކޮށް ހުޅުވައިފި

ރ. އަލިފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން ރަސްމީކޮށް ހުޅުވައިފި އެވެ. މި މަލްޓިޕަރޕަސް ހޯލަށް ދައުލަތުގެ ބްޖެޓުން 6,671,028.38ރ ހޭދަކޮށްފައިވެއެވެ.

ޏ. ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫއު ނިމެނީ

ޏ. ފުވައްމުލަށް އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިއްޖެ އެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 40 ވަނީ ނިމިފައި އެވެ.

އިބާމާގެ 2 ދުވަހުގެ ތަމްރީން ފަށައިފި

ހދ. އަތޮޅުގައި މި ތަމްރީން ފަށައިފައިވަނީ ވައިކަރަދޫ، ނައިކުރެންދޫ، ކުމުންދޫ އަދި ކުޅުދުއްފުށީ ސިޓީގެ ސްޓޭކްހޯލްޑަރ އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާއެކު އެވެ. މި ތަމްރީންގައި ބައިވެރިންނަށް އިބާމާގެ ކޮންސެޕްޓާއި، އިބާމާގެ ދައުރުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީފާތައް ތައާރަފްކޮށްދީފައިވެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0