ނޫނު ކައުންސިލުން އަނެއްކާވެސް ސަރުކާރަށް ނޫނެކޭ ބުނެ ކޯޓަށް

9 ޖެނުއަރީ 2023 - 14:34

20 ޑިސެމްބަރު 2022 ވަނަ ދުވަހު ނޫނު އަތޮޅުގެ ކައުންސިލުން އަނެއްކާވެސް ވަރުގަދަ ގަރާރެއް ފާސްކޮށް، މަދަނީ ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ. ނޫނު އަތޮޅުގެ ކައުންސިލުން ބޭނުންވަނީ،

  • ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި އަތޮޅުގެ ވަސީލަތްތަކަށް ރައީސް ގޮތް ނިންމުމަކީ ލާމަރުކަޒީ އުސޫލާ ހިލާފު ކަމެއް ކަމުން؛
  • އަދި ގުދުރަތީ ވަސީލަތްތަކާއި ބިން ދެމެހެއްޓެނިވިގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭފަދައިން، އާއްމު ހައްގު ގެއްލޭގޮތަށް، “ނޫނު އަތޮޅު ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭން” އާއި ކަނޑައެޅިގެން ހިލާފަށްކަމުން،
  • ނޫނު ދޮނައެރިކަނޑޫދޫ ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ރައީސް ކަނޑައަޅާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 8 ވަނަ މާއްދާއާ ހިލާފަށް ކަމަށް ނިންމައި ދިނުމަށް ކޯޓުގައި ކައުންސިލުން އެދިފައިވެއެވެ.
  • 1994 ވަނަ އަހަރުއްސުރެ ނޫނު އަތޮޅުން އަމިއްލަ ފަރާތްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ފަޅުތަކާ، ފަޅުރަށްތަކާ ގުޅޭ ތަފްޞީލް މައުލޫމާތު ހޯދުމަށާއި،
  • އަދި އެތަންތަން ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތްތަކާއި، އެތަންތަނާއި ގުޅިގެން އެއްބަސްވުން އެކުލަވާލެވިފައިވާ ގޮތްކަކާއި، އެތަންތަނާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކުރޭތޯއާއި،
  • އެތަންތަނުން ލިބެންޖެހޭ އާމްދަނީ އާއި ފީތައް ލިބޭތޯ ބެލުމާއި، އެއްބަސްވުމާއި ޚިލާފްވެފައިވާނަމަ ފިޔަވަޅު އަޅާފައިވޭތޯ ބެލުމާއި، ފިޔަވަޅު ނާޅާނަމަ އިހްމާލްވެފައިވާ މިންވަރު ދެނެގަތުމަށް ތަޙްޤީޤު ކުރުމަށް ހުށަހަޅައި،
  • އެތަންތަނުގެ ތެރެއިން އެއްބަސްވުމާއި ޚިލާފްވެފައިވާ ތަންތަނާ، އޭގެ ތެރެއިން ކައުންސިލްތަކާ ހަވާލުކުރަންޖެހޭ ތަންތަން ހަވާލު ކުރުމަށް ނިންމަވާދެއްވުމަށް އެދި،
  • މިގޮތުން މި ކަންކަން ހާޞިލްކުރުމަށްޓަކާ ކުރަންޖެހޭ އެންމެހާ ކަންކަން ހިމެނޭހެން މައްސަލަ ތަޙްޤީޤް ކުރުމަށް އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހެޅުމަށް ނޫނު އަތޮޅުގެ ކައުންސިލުގެ އިއްތިފާގުން ފާސްކޮށް، ހުށަހަޅާފައިވީ ހިނދު؛

ތިރީގައި މިވަނީ މިކަމާއި މެދު ކައުންސިލުން ފާސްކުރި ގަރާރުގައި ރާއްޖޭގެ ކުރީގެ ރަސްރަސްކަލުން ރައްޔިތުންގެ ބަންޑާރަ މުދަލާއި މެދު އަމަލުކުރިގޮތަށް ރިއާޔަތްކޮށް ލިޔެފައިވާ ޕެރެގްރާފެކެވެ.

advertisement

“އެކިލިޔުން އަޅާކިޔާއިރު، ދިވެހިރާއްޖޭގެ ރަސްރަސްކަލުން، ދުވަހަކުވެސް އެބޭފުޅުންގެ ވެރިކަމުގެ ދަށުގައިވާ އެއްވެސް ރަށެއްގެ ބިންބިމާ އެބިންބިމުގައި އުފެއްދޭ ތަކެތީގެ މިލްކުވެރިކަން ބަންޑާރައިން އުނިކޮށް އަމިއްލަ ކުރައްވާފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ބިން ވަނީ ވަކިނުކުރެވޭނެހެން ބަންޑާރަޔަށް މަތިކުރެވިފައެވެ. ބިމަކީ ޝަރުޢީ ގޮތުން ނުވަތަ އުފަން ހައްގެއްގެ ބަހަނާގައި ވިޔަސް ދިވެހި ރަސްރަސްކަލުންނަށް އަތުލާ އަމިއްލަކުރެވޭ އެއްޗެއް ނޫނެވެ. ނުވަތަ އެބޭފުޅުންނަށް އެހެންމީހަކަށް ނުވަތަ ވަކިބަޔެއްގެ ނަންމައްޗަށް ބަދަލު ކުރެވޭވެސް ވަސީލަތެއްވެސް ނޫނެވެ.”

ރިއެކްޝަންސް
0
0
0
0
0
0
0