މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

9 ޖެނުއަރީ 2023 - 17:53

ނީލަން ފިހާރާގައި މިއަދު ރޯވެއްޖެ

މިއަދު ހެނދުނު 5:43ގައި ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުވޭ އެވެ.  ނަމަވެސް ގިނަ އަދަދެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. 

advertisement

ނީލަން ފިހާރަ ބަދަލު ކުރަން ސަރުކާރުން ހުއްދައެއް ނުދިން: މޭޔަރ މުއިއްޒު

ނީލަން ފިހާރަ ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް މީގެ ކުރިންވެސް މަސައްކަތް ކުރި ކަމަށް މުއިޒު ބުނެފައިވެއެެވެ. ނަމަވެސް އެ ތަން ކައުންސިލާއި ހަވާލު ކުރަން ރާވާފައި އޮތް ނަމަވެސް ސަރުކާރުން އެބިން ކައުންސިލާ ހަވާލުކުރުމަށް ދެކޮޅު ހަދާކަމަށް މުއިޒު ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އެން.ސީ.ބީ އުޞޫލުގެ މަތިންނެވެ. 

ދުމުގެ އަސަރަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ނީލަން ފިހާރަ ސަރަހައްދުގައި ދުމުގެ އަސަރު ބޮޑުކަމުން އެސަރަހައްދުގައި އުޅޭއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ. ދުމުން ރައްކާތެރިވުމަށް ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ.

ޤައުމީ ތިން މުބާރާތެއްގެ ނަތީޖާ ފާޅުކުރުން މި މަހު 20ގައި

ގައުމީ ފެންވަރުގެ 3 މުބާރާތެއްގެ ނަތީޖާ ފާޅުކުރުން ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ބަހުގެ އެކަޑަމީން އިއުލާނުކޮށްފި އެވެ. މި މުބާރާތްތަކުގައި ރާއްޖޭގެ 60 އަށްވުރެ ގިނަ ސްކޫލުން ހާހަކަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0