ހިޔާ ސަރަހައްދަށް ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް ހުޅުވައިފި

17 ޖެނުއަރީ 2023 - 11:08

ހިޔާ ސަރަހައްދުގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދުގައި އާންމުން ބޭނުންވާނެ ޒަރޫރީ ހިދުމަތްތަކާއި އަދި އެހެނިހެން ހިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން، މިހާރު ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ ގިނަ ކަންކަން ވަނީ ފޯރުކޮށްދެވިފައެވެ. ހިޔާ ސަރަހައްދުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން އެޗް 16 ވަނަ ޓަވަރުގައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް ހުޅުވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާފައިވާ މި ކްލިނިކުން އާންމު ބަލިތަކަށް ފަރުވާދެވިގެންދާނެއެވެ. މި ކްލިނިކުން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، އެސްޓީއޯގެ ފާމަސީއެއްގެ އިތުރުން އެހެނިހެން ބައެއް ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ. މި ކްލިނިކުން ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިދުމަތް ލިބިގެންދާނެއެވެ. 

advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަކީ ވަރަށް ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއްކަމުން މި ހުޅުވިގެންދާ ކްލިނިކްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ޔަޤީނެވެ. މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0