ސްޓެމް އެޑިއުކޭޝަން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން އުރީދޫ ސްޓެމް ފެއާ ބާއްވަނީ
26 ފެބުރުއަރީ 2023 - 12:48
ސްޓެމް މާއްދާތަކަށް ސްކޫލް ކުދިންގެ މެދެގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫ މޯލްޑިވްސްއިން އުރީދޫ ސްޓެމް ފެއަރއެއް ބާއްވަން ހަމަޖައްސައިފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ މި ފެއަރގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ދައްކާލެވޭނެއެވެ. މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗް އިން 3 މާރޗް 2023 ގެ ނިޔަލަށް އިއްޒުއްދީން ސްކޫލް ހޯލުގައެވެ.
Thrilled to announce #OoredooSTEMFair, an interschool science fair that will showcase the brightest minds in science, technology, engineering, & mathematics.
Mark your calendars for the 2nd and 3rd of March, and head over to Izzudheen School Hall to witness the future of STEM! pic.twitter.com/ffuRfaox83— Ooredoo Maldives (@OoredooMaldives) February 23, 2023
އުރީދޫ ސްޓެމް ފެއާގެ މަގްސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުމެވެ. މި ފެއަރވެގެންދާނީ ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން ޢިބްރަތް ޙާޞިލުކޮށް، އެކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެ ތަޢުލީމީ އަދި ހިތްވަރު ލިބޭ ތަޖުރިބާއަކަށެވެ.
“ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމުކަމެއް. އުރީދޫ ސްޓެމް ފެއަރއަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި، ޢިބްރަތް ޙާޞިލުކޮށް، އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް. ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް. އުރީދޫ ސްޓެމް ފެއަރއަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތަޢުލީމީ ހަރަކާތަކަށް ވެގެންދާނެއެވެ. އާންމުންނަށް ހުޅުވާލާފައިވާ މި ފެއާއަށް ޒިޔާރަތްކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އުރީދޫއިން ދައުވަތު ދެއެވެ.


