ހުޅުމާލެ ފޭސް-2 ގައި ގާއިމްކުރި އެސްޓީއޯގެ ރޯދަ މާޓް ހުޅުވައިފި
18 މާޗް 2023 - 10:22
ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުމާލެ ފޭސް-2 ގައި ގާއިމްކުރި ރޯދަ މާޓް ހުޅުވައިފިއެވެ. ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓް ހުޅުވާ ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ.
STO Roadha Mart's opening ceremony!
The mart opened in Vinares, Hulhumale Phase 2, will make it easier for Hulhumale citizens to access our products.#STOroadhamart pic.twitter.com/Gk0A3M2XRt— STO People's Choice (@stopcmv) March 17, 2023
ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް-9 ގެ ތިރީގައި ހުޅުވި މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ހޯލްސޭލް އަދި ރީޓެއިލް ހިދުމަތްވެސް ލިބޭ ގޮތަށް ހުޅުވާފައިވާ މި ފިހާރައިން، އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެސްޓީއޯއިން ރެކް ކުއްޔަށް ނަންގަވައިގެން ވިޔަފާރިކުރައްވާ ފަރާތްތަކުން ވިއްކާ މުދާވެސް ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް މި ފިހާރައިން ލިބިވަޑައިގަންނަވާނެއެވެ.


