MV+ Quotes އެމް.ވީ.ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްގެ ޑްރަގް އެޑިކްޝަން ޕެނަލްގައި އެންޑީއޭގެ ސީއީއޯ އަލްއުސްތާޒު އިމާދު ސޯލިހު އަދި މުހައްމަދު ސަބްރީ ޕެނަލްގައި ދެއްކި ވާހަކަތައް 19 Dec 2022
MV+ Quotes ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކޮށް ޕާޓީގެ މެންބަރުން އެމަނިކުފާނަށް ތަޢީދުކޮށްދެއްވުމަށް އެދިވަޑައިގެންފަ 18 Dec 2022
MV+ Quotes ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ރައީސް އޮފީހުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިލްވާން މަރާލީ ދޯންޏަކަށް ގެންގޮސްފައި ކަނޑު ފައްތާލާފައި ކަމަށް 17 Dec 2022
MV+ Quotes ކުރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން ވިދާޅުވީ އެމްއެމްޕީއާރުސީއިން ކުރަމުން ގެންދަނީ ދޮގު ތުހުމަތުތަކެއް ކަމަށް އަދި ދައުލަތުން އެންމެ ރުފިޔާ އެއްވެސް ވަގަށް ނަގާފާ ނޯންނާނެ ކަމަށް 14 Dec 2022
MV+ Quotes ގއ. ވިލިނގިލީގައި ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ އެޗްއައިވީ އާއި އެއްގޮތް އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުންދާ ކަމަށް 10 Dec 2022
MV+ Quotes ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ފަށްޓަވަމުން ހެލުތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައިވަނީ ރާއްޖެއަކީ ވެސް މަސްތުވާ ތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރުން އާއްމު މުޖްތަމައުއެއް ކަމަށް 6 Dec 2022
MV+ Quotes ދުނިޔޭގައި ހިމަބިހި ފެތުރޭތީ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ބުނީ ރާއްޖެއަށްވެސް ހިމަބިހި އެތެރެވާނެ ކަމަށް އަދި ވެކްސިން ޖެހުން ކުރިއައް ގެންދާންވި ކަމަށް 5 Dec 2022
MV+ Quotes ޓޫރިޒަމް އައް ބަރޯސާ ވެފައިވާ ރާއްޖޭގައި ޓެރަރިޒަމް ހާދިސާއެއް ހިންގައިފި ނަމަ އޭގެ ގެއްލުން އެތަކެއް އަހަރަކަށް ދެމިގެން ދާނެ ކަމަށް ޑިފެންސް މިނިސްޓަރ ބުނެފި 26 Nov 2022
MV+ Quotes ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ފަގީރުންނާއި މުއްސަދިންނަށް އާސަންދައިގެ ހިދުމަތް އެއް ހަމައަކުން ދިނުމަށް ޤާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް 23 Nov 2022
MV+ Quotes ރާއްޖެ ބަނގުރޫޓުވާ ވާހަކަ އަކީ އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށާއި އަދި އެއީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކަ ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ބުނެފި 22 Nov 2022
MV+ Quotes އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އިންޓަރެސްޓް ރޭޓަކީ ބޭންކުތަކަށް ދޫކޮށްލާފައި އޮތް ކަމެއް ކަމަށް 17 Nov 2022
MV+ Quotes ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ވަރިކަން ނުލިބޭނެ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެ 16 Nov 2022
MV+ Quotes ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަސަން ކުރުސީއަކީ ނަޝީދުގެ ބައެއް ލިޔުންތަކުގެ ހަގީގީ — ހިޔާލީ ޝަހުސިއްޔަތެއް ކަމަށެވެ. 13 Nov 2022
MV+ Quotes އިކޮނިމިކް މިނިސްޓަރު އަދި އެމް.ޑީ.ޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ބޭންކްތަކުގައި މިހާރު ލޯނު ދިނުމުގައި ގެންގުޅޭ އަނިޔާވެރިކަން ނައްތާލުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ބޭންކްތައް މައިތިރި ކުރައްވަން ޖެހިވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. 12 Nov 2022
MV+ Quotes އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި ރައީސް ސާލިހުއަށް ތާއީދު ނުކުރައްވާނެކަމަށް ކުރީގެ ރައީސް ނަޝީދު ހާމަކޮށްފި 9 Nov 2022
MV+ Quotes ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް އިފްތިތާހުކުރުމަށް ބޭއްވެވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ހަރަކާތްތެރިވެ އުޅުމާއި ކަސްރަތު ކުރުމުގެ މުހިންމު ކަމަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. 8 Nov 2022
MV+ Quotes ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ. 6 Nov 2022
MV+ Quotes ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ 3 ނޮވެމްބަރގެ ހަމަލާގައި ސިއްކަ އަހްމަދު އިސްމާއިލް އަނިޔާކޮށް އެދުވަހު ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. 5 Nov 2022
MV+ Quotes ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވީ ފައިސާ ނެތިގެން ސަރުކާރުންމި މަޝްރޫއެއް ހުއްޓާ ނުލާނެކަމަށާއި ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނޭ ކަމަށެވެ. 2 Nov 2022
MV+ Quotes އިޤްތިސާދުގެ ރިކަވަރީ މި އަހަރުވެސް ބާރަށް ކުރިއަށްދާނެ. މި އަހަރު ރާއްޖޭގެ އިޤްތިސާދު 12.3 އިންސައްތައިން ކުރިއަރާނެ. އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ. 31 Oct 2022