ޖިންސީ އަނިޔާ ލިބޭ ބައެއް ކުދިން އެ ވާހަކަ ނުބުނަނީ ކީއްވެ؟

15 ފެބުރުއަރީ 2022 - 15:38

ޖިންސީ އަނިޔާލިބޭ ކުދިންގެ އަދަދު މިއަދު މުޖްތަމައުގައި ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ. އަދި މިފަދަ އަނިޔާތައް ކުއްޖާއާއި ގާތް އާއިލާގެ މީހުންގެ ފުށުން ލިބޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

އާއިލާގެ މީހުންގެ ފުށުން ކުއްޖާއަށް ލިބޭ ޖިންސީ އަނިޔާގެ ވާހަކަތަކަކީ ދައްކަން ބައެއް ފަހަރު އެކުދިން ފަސްޖެހެއެވެ. މީގެ ސަބަބުތަކެއްވެސް ހުރެއެވެ. އޭގެތެރޭގައި ކުއްޖާ ބުނާއެއްޗެއް އާއިލާގެ މެންބަރުން ގަބޫލުނުކޮށްފާނެކަމަށް ބިރުގަތުމަކީ އެއް ސަބަބެވެ.

advertisement

މީގެއިތުރުން އެ ވާހަކަ ބުނުމުގެ ސަބަބުން ފުރައްސާރަ ކުރި މީހާގެ ފަރާތުން ލިބިދާނެ އިތުރު ގެއްލުންތަކުގެ ސަބަބުންވެސް ބައެއް ފަހަރު މިވާހަކަ އެހެން މީހެއްގެ ކައިރީގައި ބުނަން ފަސްޖެހެއެވެ.

އާއިލާގެ މީހެއްގެ ފުށުން ޖިންސީ އަނިޔާއެއް ލިބިއްޖެނަމަ އެވާހަކަ ބުނަން ފަސްޖެހޭ އަނެއް ސަބަބަކީ އާއިލާގެ ތެރޭގައި ޖެހިދާނެ މައްސަލައެއްގެ ސަބަބުންނެވެ. އާއިލާގެ ތެރޭގައި ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދިދާނެތީ މިފަދަ މައްސަލަތައް ބުނަން ފަސްޖެހޭފަހަރު އާދެއެވެ.

އަދި ފުރައްސާރަ ކުރި މީހާއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައި މިފަދަ ކަންކަން ރިޕޯޓްކުރާ ކުދިންގެ އަދަދު މަދުކަން ފާހަގަވެއެވެ.

ރިއެކްޝަންސް
0
0
0
6
0
0
0