ބުރަކަށީގައި ރިއްސުން ގުޅިފައިވަނީ ކޮންކަމަކާ؟

19 ފެބުރުއަރީ 2022 - 17:44

ބުރަކަށީގައި ރިއްސުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ބުރަކަށީގައި ރިއްސުމަކީ ކޮންމެ ޖިންސެއްގެ ކޮންމެ އުމުރެއްގެ މީހަކަށްވެސް ކުރިމަތިލާން ޖެހިދާނެ ސިއްހީ މައްސަލައެކެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ބުރަކަށީގައި ރިއްސުމުގެ މައްސަލަ ދިމާވާ މިންވަރު އިތުރެވެ.

  • ޓެންޝަން އަދި އިންޖަރީ

ޓެންޝަން ނުވަތަ ކޮންމެވެސް އިންޖަރީއެއްގެ ސަބަބުން ބުރަކަށީގައި ރިއްސާކަމަށް ދިރާސާއިން ދައްކައެވެ. އޭގެތެރޭގައި ލިގަމެންޓަށް ނުވަތަ ބުރަކަށީގެ މަސްގަނޑަށް ގެއްލުންވުން، ޕްރެކްޗާސް، މަސަލް ޓެންޝަން ފަދަ ކަންކަން ހިމެނެއެވެ.

advertisement
  • ސްޓްރަކްޗަރަލް މައްސަލަތައް

ބައެއް ސްޓްރަކްޗަރަލް މައްސަލަތަކުގެ ސަބަބުންވެސް ބުރަކަށީގައި ރިއްސުމާއި ކުރިމަތިލާންޖެހެއެވެ. އޭގެތެރޭގައި ރިޕްޗާރޑް ޑިސްކް، ބަލްގިންގ ޑިސްކް، އަދި ކިޑްނީގެ މައްސަލަތަކުގެ ސަބަބުން ބުރަކަށީގައި ރިއްސުން އިތުރުވެއެވެ.

  • މޫމަންޓްސް އަދި ޕޮސްޗަރ

ގޮނޑީގައި އިށީންދެ އިންނަ ގޮތުގެ ސަބަބުން ބުރަކަށީގައި ރިއްސުމަށް މަގުފަހިވެއެވެ. އަދި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން ބުރަކަށީގައި ރިއްސާކަމަށް ހޯދުންތަކުން ދައްކައެވެ. އޭގެތެރޭގައި ކެއްސުން، ކިނބިހިއެޅުން، މާބޮޑަށް މީހާ ސްޓްރެޗްކުރުން، ގުދުވާގޮތެއްގެ ސަބަބުން، މާގިނައިން ބްރޭކެއް ނުނަގައި ދުއްވާ އުޅަނދެއް ދުއްވުން، އެއްޗެއް ކޮށްޕުން ނުވަތަ އުފުލުން، ކޮއްޅަށް ނުވަތަ އިށީންދެ މާގިނައިން އިނުން ނުވަތަ ހުރުން، ނިދަންއޮންނަ ގޮދަޑީގެ ސަބަބުންވެސް ބުރަކަށީގައި ރިއްސައެވެ.

ބުރަކަށީގައި ރިއްސާއިރު މި އަލާމާތްތައް ފެންނަނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެވެ.

  • ބަރުދަން ދަށްވުން
  • ހުންއައުން
  • ބުރަކަށި ދުޅަވުން
  • ބުރަކަށީގައި ރިއްސާއިރު އޮށޯއޮތުމުން ނުވަތަ ރެސްޓްކުރުމުންވެސް ލުއެއް ނުލިބުން
  • ފަޔަށް ތަދުވުން
  • ކަކުލަށްވުރެ ތިރިއަށް ތަދުވުން
  • ކުޑަކަމުދާއިރު އުނދަގޫވުން
ރިއެކްޝަންސް
3
1
0
0
0
1
0