މޯލްޑިވްސް ވަރޗުއަލް ޓުއަރ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ސްރީލަންކަން އެއަރލައިންގެ ޙާއްސަ އޮފާއެއް

28 ޖޫން 2022 - 10:03

މޯލްޑިވްސް ވަރޗުއަލް ޓުއަރ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ސްރީލަންކަން އެއަރލައިނުން ޙާއްސަ އޮފަރއެއް ތައާރަފްކޮށްފިއެވެ. ސްރީލަންކަން އެއަރލައިނުން ބުނީ މޯލްޑިވްސް ވަރޗުއަލް ޓުއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ އެއަރލައިންގެ ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާހުގެ ޓިކެޓުން %10 ޑިސްކައުންޓް ލިބިގެންދާނެކަމަށެވެ. ސްރީލަންކަން އެއަރލައިނުން މިހާރު އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އަދި އައްޑޫގެ ގަން އިންޓަނޭޝަނަލް އެއަރލައިނަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެހެންކަމުން މި 2 މަންޒިލަށްވެސް މި ޑިސްކައުންޓް ލިބިގެންދާނެއެވެ.

ސްރީލަންކަން އެއަރލައިނުން ކުރިއަގެންދާ މި އޮފަރ ލިބިގެންދާނީ 1 ޖުލައިން 31 ޖުލައިގެ ނިޔަލަށެވެ. މި އޮޕަރ ހޯދުމަށް މޯލްޑިވްސް ވަރޗުއަލް ޓުއަރ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުން ސްރީލަންކަން އެއަރލައިންގެ ގްލޯބަލް އޮފަރ ލިންއަށް ޒިޔާރަތްކުރުމުން ޑިސްކައުންޓް ލިބޭނެއެވެ.

advertisement

މޯލްޑިވްސް ވަރޗުއަލް ޗުއަރ އަށް ޙާއްސަކޮށްގެން ސްރީލަންކަން އެއަރލައިނުން ކުރިއަށްގެންދާ މި އޮފަރގެ ތެރެއިން ޓިކެޓް ނަގާ ފަރާތްތަކަށް މިއަހަރުގެ އޮގަސްޓް 1 އިން އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް ދަތުރުކުރެވޭނެއެވެ.

ސްރީލަންކަން އެއަރލައިންނަށް ވަނީ ބެސްޓް ކެބިން ސަރވިސް އިން ސެންޓްރަލް އަދި ސަދަން އޭޝިއާގެ ބައިން މިއަހަރުގެ ޕެސެންޖަރ ޗޮއިސް އެވޯޑް ލިބިފައެވެ.

މި އޮފަރއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސްރީލަންކަން އެއަރލައިންގެ ރާއްޖޭގެ ހެޑް ފައުޒާން ވިދާޅުވީ، މޯލްޑިވްސް ވަރޗުއަލް ޓުއަރ 2022 ގައި ސްރީލަންކަން އެއަރލައިންއަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. މިއީ ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތްކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ. އެކްސްޕޯގެ ތެރެއިން ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ފުރުސަތުތައް ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް އިނގިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ސްރީލަންކަން އެއަރލައިނުން މި އޮފަރ 1 އަހަރު ދުވަހުގެ މުއްދަތަކަށް ގެންދާއިރު މިއީ ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒާން އިތުރަށް ފާހަގަކުރެއްވީ ސްރީލަންކަން އެއަރލައިންއަކީ ރާއްޖެއަށް މެދުކެނޑުމެއްނެތި އެންމެ ގިނަދުސް ވަންދެން މިހާތަނަށް ދަތުރުކުރަމުންއައި އެއަރލައިންކަމަށެވެ. ސްރީލަންކަން އެއަރލައިނުން މިހާރު އަންނަނީ ހަފްތާއަކު 3 ދަތުރު ކޮލަންބޯއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރަމުންނެވެ. އަދި ހަފްތާއަކު 2 ދަތުރު ކޮލަންބޯއިން ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރެއެވެ. އަދި ސްރީލަންކަން އެއަރލައިންއަކީ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ހަމައެކަނި އިންޓަނޭޝަނަލް އެއަރލައިންވެސްމެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0