މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
17 އެޕްރީލް 2023 - 15:23
މާޅޮހު ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް
B. Maalhos Water & Sewerage Project: Tank erection works have been completed. Pump-station works are in progress. #TeamMWSC #MWSCAsaasee pic.twitter.com/3DMn50rX9H— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 16, 2023
- ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއު ދަށުން ފެން ރައްކާކުރުމަށް ބަހައްޓާ 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް ނިމިއްޖެ
- މި މަސައްކަތުގެ އަގަކީ 60.4 މިލިއަން ރުފިޔާ
ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ މި ދައުރުގައި ފަށާނަން: މިނިސްޓަރ އަސްލަމް
2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާ ވަގުތުން
— People's Majlis (@mvpeoplesmajlis) April 17, 2023
ވީޑިއޯ ލިންކު:https://t.co/FwxKHAB8NN
ޖަލްސާގެ އެޖެންޑާ:https://t.co/qgyaSfMJqq
- ޕްލޭނިންގ މިނިސްޓަރ އަސްލަމް މިއަދު މަޖިލީހުގައި ބުނީ މަޝްރޫއު ނުފެށި ލަސްވީ މަޝްރޫއުގެ އަގު ބޮޑުކަމުންކަމަށް
- މިހާރު އަގަށް ގެނެވުނު ބަދަލާއެކު މި ދައުރުގައި އެ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ބުނި
މޫސުން ތަންދޭގޮތުން މިއަހަރުގެ ފިޠުރުޢީދު ނަމާދު ބޮޑު ޖަމާޢަތުގައިކުރާނެ: މިނިސްޓްރީ
މިއަހަރުގެ ފިޠުރުޢީދު ނަމާދު ބޮޑު ޖަމާޢަތުގައިކުރާނެhttps://t.co/sj8b4o1nQq— Ministry of Islamic Affairs (@MVIaffairs) April 16, 2023
- އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި
- މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެ
އަލިފުށީ މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީއާ ހަވާލުކޮށްފި
ރ.އަލިފުށި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންއާ ހަވާލުކޮށްފި.
90،956،112.97 ރުފިޔާއަށް އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށް. pic.twitter.com/7XaIBSc7qs— Min.of National Planning, Housing & Infrastructure (@MoNPHImv) April 16, 2023
- މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށް
- ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ 90،956،112.97 ރުފިޔާއަށް
ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި. 36،123،485.49 ރުފިޔާ އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް pic.twitter.com/nsOmmFJRP4— Min.of National Planning, Housing & Infrastructure (@MoNPHImv) April 17, 2023
- ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި
- މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް, ޖުމްލަ 36،123،485.49 ރުފިޔާ އަށް





