މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
15 މެއި 2023 - 16:35
މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ބުރާސްފަތި ދުވަހު ފަށްޓަނީ

- ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފި
- ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމައި، މެންބަރުން ޗުއްޓީއަށް ދިޔައީ ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހު
މާލޭގެ މަގުތަށް ބަލަން މަގުފާރަވެރިން މަގުތަކަށް
މާލެ ސިޓީ ކައުންސިލް، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ. މިހަފްލާގައި ޔުނިޓުގެ ސުޕަވައިޒަރުންނާޢި އޮފިސަރުންނަށް ވަނީ ލިޔުން ހަވާލުކޮށްފައި. pic.twitter.com/B7JmAZ7rqa— Malé City Council (@MaleCitymv) May 15, 2023
- މާލެއަކީ ހިތްފަސޭހަ ރައްކާތެރިތަނެއްކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ ސިޓީ ކައުންސިލުން މާލޭގައި “ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް”އެއް އުފައްދައި މަގުފާރަވެރިން މަގުތަކަށް ނެރެފި
- މާލެ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓަކީ މާލޭގެ މަގުތައް ބެލެހެއްޓުންކަމުގައި އެންމެ ގާތުން ޙަރަކާތްތެރިވާނެ މީހުންކަމަށް މާލެ ސިޓީ ކައުންސިލުން ބުނި
ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް މިހާތަނަށް 18 ޝަކުވާ

- މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް މިހާތަނަށް 18 ޝަކުވާ ހުށައަޅާފައިވާކަަމށް އިލެކްޝަންސް ކޮމިޝަނުން ބުނެފި
- ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި
ވިހި ރަށެއްގަ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަނީ

- އަތޮޅުތަކުގެ 20 ރަށެއްގައި 20 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމަށް ނިންމައި، އެކަން ކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި
- މި މަޝްރޫޢުއަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާގޮތަށް
މިނިސްޓަރ ޝާހިދު ސަލާމަތާބެހޭ ދުނިޔޭގެ އެންމެބޮޑު މަހާސިންތާއަށް
いま日本に着きました。
In Japan, I will be participating in the Munich Leader's Meeting #MLMTokyo, organised by @MunSecConf.
I also look forward to meeting Foreign Minister Hayashi Yoshimasa @MofaJapan_en and other colleagues and senior officials over the next two days. pic.twitter.com/Pz85YfPk5p— Abdulla Shahid (@abdulla_shahid) May 15, 2023
- މިއުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖަޕާންގެ ޓޮކްޔޯއަށް ގޮއްސި
- މިއީ މިމަހުގެ 16އާއި ހަމައަށް ކުރައްވާ ދަތުރެއްކަމަށް ފޮރިން މިނިސްޓްރީން ބުނި
ރިއެކްޝަންސް


