ލޮކްޑައުންއަށް ފަހު އިގްތިސާދު ނަގާ ކޮޅަށް ޖެހީ މަސައްކަތްތެރިން، ހައްގުތައް ކޮބާ؟

MV Plus | September 22, 2021

ކޯވިޑް19 އާއިއެކު މުޅި ދުނިޔޭގެ އިޤްތިޞާދަށް ހީނަރުކަން އައެވެ. ރާއްޖޭގެ އިޤްތިޞާދުވެސް ކޯވިޑާއިއެކު އެއްކޮށް ހީނަރުވިއެވެ. ރާއްޖެއަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ބަންދުވިއެވެ. ނަމަވެސް އިޤްތިޞާދު އަލުން ކޮޅަށް ނެގުމުގައި މަސައްކަތްތެރިން ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.

އިޤްތިޞާދު އަލުން ކޮޅަށް ނެގުމަށް މަސައްކަތްތެރިން ކޮށްފައިވާ މަސައްކަތް މި ސަރުކާރުން ބަލައިނުގަންނަކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަބަބަކީ މަސައްކަތެރިންގެ ހައްޤުގައި ކޮށްދޭންބުނި ކަންކަން އަދިވެސް ކޮށްދޭތަން ފެންނަމުން ނުދިއުމެވެ.

advertisement

އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ރައީސް ދެއްކެވި ވާހަކައަށް ރައްދުދެއްވައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކޮށްފައިވާ ޓްވިޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އާބާދީގެ %85 މީހުނަށް ވެކްސިން ޖަހާފައިވާކަމަށެވެ. ވިޔަފާރިތައް އަލުން ފަށާފައިވާކަމަށާއި، ބޯޑަރުތައް ހުޅުވާ ރިސޯޓްތައް ފަށައިގަނެފައިވާކަމަށެވެ. އަދި މުޅި ދުނިޔެއަށް މަރުހަބާ ކިޔުމަށް ރާއްޖެ ވަނީ ތައްޔާރަށްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިކަމަށް ރައްދުދެއްވައި މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަންއިން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ ކޯވިޑާއިއެކު އިޤްތިޞާދު އަލުން ކޮޅަށް ނެގުމަށް މަސައްކަތްތެރިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މިއީ އެމީހުންނަށް އަގު އަދާކޮށްދޭންޖެހޭ ވަގުތު ކަމަށެވެ.

މަސައްކަތްތެރިންނަށް އެމީހުންގެ ޝުއޫރު ފާޅުކޮށް އިހްތިޖާޖުކުރުމުގެ ހައްޤު އޮންނަންޖެހޭކަމަށާއި އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިން ހިމެނޭހެން އެންމެ ކުޑަ އުޖޫރަ ވީހާވެސް އަވަހަކަށް ކަނޑައަޅާ އަމަލުކުރަންޖެހޭކަމަށެވެ.

މި ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅުއްވާނެކަމަށް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މިކަން ތަންފީޒްކުރެވިފައެއް ނުވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0