މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

MV Plus | February 5, 2023

މާލެ އާއި ވިލިމާލޭގެ ކުނި މެނޭޖް ކުރުމަށް އޮފީހެއް ހުޅުވައިފި

•    މޭޔަރު ވިދާޅުވީ، ވޭސްޓް މެނޭޖްމެންޓް އޮފީހާއެކު، މާލެތެރެ ރީތިކޮށް، ސާފުކޮށް ބޭއްވުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް

•    ވޭސްޓް މެނޭޖަމަންޓް ސެކްޝަންގައި 225 މުވައްޒަފުން މަސައްކަތް ކުރޭ

ލ. ގަމުން 900 އަހަރުވެފައިވާ ބުދެއް ފެނުން

•    ހެރިޓޭޖް ސޮސައިޓީން ބުނެފައިވަނީ މުކުރިމަގު އަވަށުގައި މިހާރު ފްލެޓް އަޅަމުން އަންނަ ސަރަހައްދުން ނެގި ވެލިތަކުގެ ތެރެއިން ފެނިފައިވަނީ ހިރިގަލުން ހަދާފައިވާ ބުދެއް ކަމަށް

•    900 އަހަރުވެފައިވާ ކަމަށް ބެލެވޭ މި ބުދު މިހާރު އޮތީ އެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި

ބީއެމްއެލްގެ މުސާރަ ހާމަ ކުރަން ޖެހޭނެ ކަމަށް ހައިކޯޓުން ނިންމައިފި

•    ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމުގެ ތަފްސީލުތައް ހޯދަން  އަމިއްލަ ފަރާތަކުން އެދުމުން ބޭންކުން އެމައުލޫމާތު ދޭން ނުޖެހޭ ކަމަށް ވަނީ ބުނެފައި

•    މި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދެމެހެއްޓުމުން ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ހިނގާ ކުންފުންޏެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައި

ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ދަތުރު ބުކް ކުރުމަށް ހާއްސަ އެޕެއް

•    އެޗްޑީސީ އިން ޑިވެލޮޕްކޮށްފައިވާ މި އެޕް މިހާރު އެޕަލް ސްޓޯ އަދި ޕްލޭ ސްޓީ އިން މިހާރު ޑައުންލޯޑު ކުރެވޭނެ.

•    މި އެޕުން ކުޑަގިރީގެ ކޮޓަރިތަކާއި އިތުރު ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން އެ ހިދުމަތްތައް ބުކް ވެސް ކުރެވޭނެ

ރިއެކްޝަންސް
0
0
0
0
0
0
0