ފަސިންޖަރުންގެ އަޑުއަހައިގެން ވީއައިއޭއަށް ބައިނަލްއަޤްވާމީ އެވޯޑެއް

ދިވެހި
February 10, 2021

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް، އޭސީއައިގެ ވޮއިސް އޮފް ކަސްޓަމަރ އެވޯޑް ލިބިއްޖެއެވެ. މިއީ އެއަރޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން ދޭ އެވޯޑެކެވެ.

މި އެވޯޑަކީ ކޯވިޑުގެ ހާލަތުގައި އެއަރޕޯޓުން ޙިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ދެމުންދާ ޙިދުމަތްތައް ފާހަގަކޮށް ކަސްޓަމަރުންގެ އަޑު އަހައި، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދީފައިވާ އެވޯޑެކެވެ.

advertisement

މި އެވޯޑް ދީފައިވަނީ ކަސްޓަމަރުންގެ ހިޔާލުގެ މައްޗަށް ބެލުމަށްފަހުއެވެ. ރާއްޖެފަދަ ކުޑަ ޤައުމަކަށް މިފަދަ އެވޯޑެއް ޙާއްސަކޮށް ކޯވިޑް19 ގެ ހާލަތުގައި ލިބުމަކީ ފަހުރުވެރިކަމެއްގެ ގޮތުގައި އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ.

މި އެވޯޑް ދީފައިވަނީ 3 ކުއާޓަރުގެ މައުލޫމާތުގެ މައްޗަށް ބެލުމަށްފަހުގައެވެ. މިދިޔަ ސެޕްޓެމްބަރުމަހުވެސް ވެލާނާ އެއަރޕޯޓަށް ވަނީ އެއަރޕޯޓް އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބިފައެވެ. ރާއްޖެއަށް މި ސެޓްފިކެޓް ލިބިފައިވަނީ މުޅި ދުނިޔެއިންވެސް 12 ވަނަ އަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0