ބާޒާރުމަތީ ގިނަ އަދަދެއްގެ ފިހާރަތަކަކުން ވައްކަން ކޮށްފި

ދިވެހި
March 7, 2021

ބާޒާރުމަތީގައި ހިންގާ ގިނަ އަދަދެއްގެ ފިހާރަ ތަކެއް ފަޅާލައިގެން އެތަންތަނުން ވައްކަން ކޮށްފި އެވެ. ފިހާރަތައް ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު ފިހާރަތަކުގެ ވެރިފަރާތް އެތަންތަން ހުޅުވަން ދިއުމުންނެވެ.

ނަމަވެސް މިސަރަހައްދުން ވައްކަން ކޮށްފައިވަނީ ކިތައް ފިހާރައިންކަން އަދި ބުންނަން ނޭނގޭކަމަށެވެ. ފުލުހުން ވަނީ މިކަމުގެ ރިޕޯޓުލިބި އެސަރަހައްދުގައި މިއަދު ހެދުނު ހަރަކާތްތެރިވެފައެވެ. މިސަރަހައްދުގައި އުޅޭ ބައެއް މީހުން މައުލޫމާތުދިން ގޮތުގައި ފިހާރަތައް ފަޅާލާފައިވަނީ ފުރާޅުމަތިން ޓިނު ނައްޓައިގެންކަމަށް ބެލެވެއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0