ރައްކާތެރިކަމުގެ މިންގަނޑާއިއެކު ލައިސަންސް ނެގޭނެ އިންތިޒާމް ހަމަޖައްސަނީ
March 8, 2021
ރައްކާތެރިކަމުގެ މިންގަނޑާ އެއްގޮތަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ މީހުންނަށް ތިއަރީ އަދި ޑްރައިވިންއާގުޅޭ އިމްތިޙާނު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ކޭސްތައް އިތުރުވެ، މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމާގުޅިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުންވަނީ ވަގުތީގޮތުން މެދު ކަނޑާލާފައެވެ.
މިބައްދަލުވުމަށްފަހު ޓްރާސްޕޯޓް މިނިސްޓްރީންވަނީ ކުރިއަށް އޮތްތަނުގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަޑުތަކަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށްނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާގުޅޭ އިމްތިޙާނު ފެށުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.
ޑްރައިވިންއާ ގުޅޭ އިމްތިހާނު ހެދުން ވަގުތީގޮތުން މެދުކަނޑާލައިފައިވަނީ މިދުވަސްވަރަކީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރަށްވެފައި އެބަލީގެ ކޭސްތައް އިތުރުވަމުންދާތީ ގިނަމީހުން އެއްތަނަކަށް އެއްވެއުޅުން ރައްކާތެރިކަމަށް ނުވާތީއެވެ. މިއަހަރު ފެށުނުފަހުން ރާއްޖޭގައި އަނެއްކާވެސް ކޯވިޑްގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. މިއާއިއެކު އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައެވެ.



