ޕޮޒިޓިވް ކޭހެއް ފެނި ޅ. އޮޅުވެލިފުށި މޮނިޓަރިންއަށް

ދިވެހި
March 29, 2021

ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެއް ފެނި، ޅ. އޮޅުވެލިފުށި މޮނީޓަރިން ހާލަތަށް ގެނެސްފި އެވެ. އެ ރަށުން ޕޮޒިޓިވްވެފައިވަނީ ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

ޕޮޒިޓިވްވި މީހާގެ ސާންޕަލް ނަގާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އަދި މި ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ. މި ކޭސްއާ ގުޅިގެން 25 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.

advertisement

ޅ. އަތޮޅުން މިހާރު މޮނީޓަރިން ހާލަތަށް ނުގެނެސްއޮތީ ކުރެންދޫ އެކަންޏެވެ. ނަމަވެސް ފެލިވަރުގެ ކޭސްތަކާ ގުޅިގެން ކުރެންދޫގެ ދެގެއެއް ވަނީ ކަރަންޓީންކޮށްފައެވެ.

ޅ. އަތޮޅު ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ފެލިވަރުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 75އަށް އަރާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0