މޫސުން ގޯސްވުމުގެ ސަބަބުން އެމްޓީސީސީގެ ފެރީ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވޭ

ދިވެހި
May 15, 2021

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްޓީސީސީން އިލްތިމާސް ކުރަމެވެ.

އަދި ރާއްޖޭގެ ކަނޑު ގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވެއެވެ. ވީމާ އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފުކުރެއްވުމަށް އެ ކުންފުނިން ދަންނަވައެވެ

advertisement
ރިއެކްޝަންސް
0
0
0
0
0
0
0